ފަޅު ރަށްރަށް ކައުންސިލްތަކަށް ލިބޭގޮތް ވެގެން ދިއުމަކީ ރަނުގެ ފުރުސަތެއް: ރައީސް

Baa-Madhoo-eydhafushitimes-pic-o2e6lph0cuuctk6gx628ala3s4wvutxea1jqd28xx2-1.jpg

ލޯކަލް ކައުންސިލްތަކުގެ އިހުތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްރަށް ކައުންސިލްތަކަށް ލިބޭގޮތް ވެގެން ދިއުމަކީ ރަނުގެ ވަރަށްބޮޑު ފުރުސަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ކޮޅުމަޑުލަށް އިއްޔެ އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގައި ތ.މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، އިގްތިސާދީ ގޮތުން ބަލާއިރު، އަމިއްލަ ފަރުދުންނާއި، ކުދިކުދި ވިޔަފާރިތަކާއި، މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ވަރުގަދަ ކޮށްދިނުމުގެ ފުރުސަތު ދިނުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު އެޖެންޑާއެއް ކަމަށެވެ. އަދި އެކަންކަން ކުރެވޭނީ، ރަށެއްގައި ނަމަ ކައުންސިލަށް ވެސް އެ ފުރުސަތު ދީގެން ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމަށް ފުރިހަމަ ބާރު ދިނުން ކަމަށާއި، އެކަމަށް ޚާއްޞަ ވުޒާރާއެއް އުފައްދައި، އެ ވުޒާރާއަށް ވަޒީރެއް ކަނޑައަޅައި، އޭގެއިތުރަށް، މިދިޔަ ދުވަސްކޮޅުގެ ތެރޭގައި، ވަޒީރުންގެ މަޖިލީހުގައި ވަރަށް ފުޅާ ދާއިރާ އެއްގައި މަޝްވަރާތައް ހިންގުމާއެކު ކައުންސިލްތަކަށް އިގްތިސާދީ މަސައްކަތް ކޮށްގެން އާމްދަނީ ހޯދޭނެ ވަރަށްބޮޑު ވަރަށްފަހި، ފުޅާ ފުރުސަތެއް ހުޅުވައިދީފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ހަމައެހެންމެ އެކަމަށް ޚާއްސަ ގަވާއިދަށް ބަދަލުތަކެއް ގެނެސް، ގެޒެޓް ކުރެވި، މި މަސްތެރޭގައި އޭގެ ދަށުން، އެ ގަވާއިދުގެ ތެރެއިން ކައުންސިލްތަކަށް، ކައުންސިލްގެ އިހްތިސާސް ތެރޭގައި ހުރި ރަށްރަށާއި، އަދި އިހްތިސާސްގެ ތެރޭގައި ރަށެއް ނެތިއްޔާ، ދުރުގައި އޮތް އެހެން އަތޮޅެއް، ނޫނީވިއްޔާ ދާއިރާއަކުންވެސް، އެ ދާއިރާއެއްގެ ރައްޔިތުންގެ އެއްބާރުލުން ލިބެންޏާ، ރަށްރަށް ހޯދައިގެން، އިގްތިސާދީ އެތައް ކަމެއް ކުރެވޭނެ މަގު އެއޮތީ އަޅުގަނޑުމެން ފަހިކޮށްދީފައި ކަމަށް ރައީސް ވިދާޅުވި އެވެ.

”އެހެންވީމާ، އެއީ، މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ލިބޭ ރަނުގެ ފުރުސަތެއް. މިހާރު އެ ގަވާއިދު އެއޮތީ އަޅުގަނޑުމެން ގެޒެޓް ކޮށްފައި. އެއްމަސްވާ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ. އެހާތަނަށް ދާއިރުގައި، އެ ގަވާއިދުގެ ތެރެއިން، ރަށްރަށް ހޯދަން އެޕްލައި ކުރެވޭނެ ގޮތް ފަހިވެގެންދާނެ“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުރިހާ ކައުންސިލްތަކުން ވެސް އެ ކައުންސިލެއްގެ އިހުތިސާސް ތެރޭގައި ހިމެނުނަސް، ނުވަތަ ހިމެނިފައި ނެތް، ތަންކޮޅެއް ދުރުގައި އޮތް ރަށެއްވިޔަސް ހޯދުމަށް އެކަމަށް ހާއްސަކުރެވޭ އެޕްލިކޭޝަންގެ ތެރެއިން ޕްރޮޕޯޒަލް ހަޅައި، ސަރުކާރުން އެ ރަށް ހޯދުމުގެ ފުރުސަތު ލިބިގަތުމަށްޓަކައި ކައުންސިލްތަކުން އަވަހަށް ތައްޔާރު ވުމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top