ހަޕްސެން ބިސްކޯދުގައި ނުރައްކަލެއް ނެތް: އެމްއެފްޑީއޭ

201079501_248764263720015_6222428181014256020_n.jpg

މެލޭޝިއާގެ މަޝްހޫރު ހަޕްސެން ބިސްކޯދުގައި ކެންސަރަށް މަގުފަހިވާ މާއްދާއެއް ކަމަށްވާ “އެކްރިލެމައިޑް” ފެނިފައިވީނަމަވެސް، ކެއުމުގައި ސިއްހަތަށް ނުރައްކަލެއް ނެތް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ) އިން ހާމަކޮށްފި އެވެ.

އެމްއެފްޑީއޭ އިން މިހެން ބުނެފައި މިވަނީ ހަޕް ސެންގް ބްރޭންޑުގެ ކްރީމް ކްރޭކަރު ބިސްކޯދުގައި ކެންސަރު ޖެހޭ މާއްދާއެއް ކަމަށްވާ ކާސިނޮޖެންސް އެކުލެވޭ ކަމަށް ހޮންކޮން ކޮންސިއުމާ ކައުންސިލް (އެޗްކޭސީސީ) އިން ބުނެފައިވާތީ އެ އޮތޯރިޓީން އެކަން ބެލުމަށްފަހު އެވެ.

މީގެ އިތުރުން އިންސާނުންގެ ހަށިގަނޑަށް ނުރައްކާވާ މާއްދާއެއް އެއްވެސް ކާއެއްޗެއްގައި ހުރިނަމަ އެމްއެފްޑީއޭއިން ވަގުތުން ރައްޔިތުންނަށް އެކަން އަންގާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އެޗްކޭސީސީގެ ރިޕޯޓާ ގުޅިގެން މެލޭޝިއާ ސަރުކާރުން ވެސް ވަނީ ހަފް ސެންގް ބިސްކޯދުގައި ކާސިނޮޖެނިކްގެ މާއްދާއެއް ކޮންމެވެސް މިންވަރަކަށް ހުރި ނަމަވެސް އެއީ ސިއްހަތަށް ގެއްލުންވާ މިންވަރަށް ހިމެނޭ މާއްދާއެއް ނޫން ކަމަށް ބުނެފަ އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top