ފުޅަދުއަށް އެއާޓެކްސީގެ ޚިދުމަތް ތައާރަކުރައްވާނެކަމަށް މުއިއްޒު ވިދާޅުވެއްޖެ

WhatsApp-Image-2023-09-22-at-09.54.16.jpeg

ވެރިކަން ލިބިވަޑައިގެންފިނަމަ ފަތުރުވެރިކަމުގެ ރޮނގުން ކުރިއަރާފައިވާ ބ.ފުޅަދުއަށް އެއާޓެކްސީ ނިޒާމު ތައާރަފު ކުރައްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފުޅަދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ޑރ.މުއިއްޒު ވިދާޅުވީ، އެންމެ މުހިންމު ކަމަކީ ފުދުންތެރި ރައްޔިތެއް ބިނާކުރުން ކަމަށެވެ. އެކަމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ޓޫރިޒަމާއި، މަސްވެރިކަމާއި، އެނޫންވެސް އެކި ދާއިރާތަކަށާއި، ވިޔަފާރިތަކަށް ވަންނަން ބޭނުންވާ ޒުވާނުނަށް ފަހި ފުރުސަތުތަކެއް ހޯދައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ޚާއްސަކޮށް ފުޅަދުއަކީ ޓޫރިޒަމް ފުޅާވަމުން އަންނަ ރަށެއްކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އެރަށް ޓޫރިސްޓުން ގެނައުމާ އަނބުރާ ދިއުމުގައި އޮތް އެންމެ ބޮޑު ދައްޗަކީ ދަތުރުފަތުރު ކަމަށެވެ. އެކަމަށް ހައްލެއް ގެނެސް ދެއްވުމުގެ ގޮތުން އެއާޓެކްސީގެ ޚިދުމަތް އެރަށަށް ތައާރަފު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ވިޔަފާރިތައް ފެށުމަށާއި، ފުޅާކުރުމަށް ޚާއްސަ އިންވެސްޓްމަންޓް ބޭންކެއް ރާއްޖޭއަށް ތައާރަފްކޮށް އެއިން ވިޔަފާރިތަކަށް އެހީތެރިވެދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވިއެވެ.

މީގެ އިތުރުންވެސް އެރަށުގެ ތައުލީމާ ސިއްހީ ނިޒާމު އިތުރަށް ފުޅާކޮށް ހަރުދަނާ ކުރައްވައި އެރަށުން އެދުނު ފަދައިން ސަރުކާރުގެ ޚަރަދުގައި ތެލަސީމިއާ ކުދިންނަށް ބޯންމެރޯ ހެދޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.  އަދި ފުޅަދޫގައި އޭޓީއެމްގެ ޚިދުމަތްވެސް ތައާރަފްކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top