ކަމަދުއާއި ކުޑަރިކިލުގައި އެސްޓީއޯ ބޭސްފިހާރަ އަޅައިދޭނެ ބަޔަކު ހޯދަނީ

NB.jpg

އެސްޓީއޯ ގެ ބޭސް ފިހާރައެއް

ބ.ކަމަދުއާއި ކުޑަރިކިލު ހިމެނޭހެން އިތުރު ދެ ރަށެއްގައި ބޭސް ފިހާރަ އަޅައިދޭން ބަޔަކު ހޯދަން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން އިއުލާން ކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ މި ރަށްރަށުގައި ގާއިމްކުރާ ބޭސްފިހާރަތައް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތަކަށް ފުރުސަތު ހުޅުވާފައިވާ ކަމަށެވެ. 

ރަޖިސްޓްރީ ކުރާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި، 200،000.00ރުފިޔާ އަށް ވުރެ ކުޑަ ނޫން އިމާރާތް ކުރުމުގެ މަސައްކަތެއް ކޮށްފައިވާ ފަރާތަކަށް ވާން ޖެހެއެވެ. 

ތަޖުރިބާ ހުރިކަމަށް ބަލައިގަނެވޭނީ މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ސިޓީ (ޕޮސިޓިވް ރިފަރެންސްހުށަހެޅުމުން ކަމަށާއި އެސްޓީއޯ އިން ބޭނުން ވެއްޖެ ހިނދެއްގައި ކޮށްފައިވާ މަސައްކަތްތައް ވެރިފައި ކުރުމަށް އިތުރު މައުލޫމާތު ހޯދާނެ ކަމަށް އެސްޓީއޯއިން ހާމަކުރިއެވެ.

މީގެ އިތުރުން ރެފަރެންސް ސިޓީގައި މަސައްކަތުގެ ތަފްސީލު ނެތްނަމަ، ސިޓީއާއި އެކު އެ މަސައްކަތުގެ ސަޕޯޓިންގ ޑޮކިއުމަންޓްސް ހުށަހަޅަންވާނެ ކަމަށާއި އަމިއްލަ ފަރާތްތަކުގެ ނަމުގައި ހުށަހަޅާ ސިޓީ ބަލައި ނުގަންނާނެ ކަމަށްވެސް އެސްޓީއޯއިން ހާމަކުރިއެވެ. 

ހުށަހަޅާފައިވާ ސިޓީ އާއި ސަޕޯޓިންގ ޑޮކިއުމަންޓްސް ތަކުން މަސައްކަތުގެ ތަފްސީލު އަދި މަސައްކަތް ނިންމިގޮތް ސާފުކޮށް އެނގެން ނެތްނަމަ އެސިޓީ ބަލައިނުގަތުމުގެ އިޚްތިޔާރު އެސްޓީއޯއަށް ލިބިގެންވާކަމަށާއި ރަޖިސްޓަރީ ކުރަން ބޭނުންވާ ފަރާތްތަކުން 19 އޮކްޓޫބަރު 2022 ވަނަ ދުވަހު 11:00 ގެ ކުރިން، tenders.sto.mvއަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށްވެސް އެސްޓީއޯ އިން ބުނެ އެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top