ބ.އަތޮޅަށާއި އޭދަފުއްޓަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ޔޫސުފް ހަސަން ނިޔާވެއްޖެ

IMG_20221014_114720.jpg

އަލްމަރުހޫމް ޔޫސުފް ހަސަން---:1941-2022

ބ.އަތޮޅަށާއި އޭދަފުއްޓަށް ވަރަށް ގިނަ އަހަރު ތަކެއްވަންދެން ޚިދުމަތް ކުރެއްވި އޭދަފުށީ ކަޝްމީރު، ޔޫސުފް ހަސަން، ނިޔާވެއްޖެ އެވެ.

ޔޫސުފް ވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ނޭވާއަށް އުދަނގޫ ކުރުމުގެ ބައްޔެއްގައި އުޅުއްވުމަށްފަހު ރޭ ދަންވަރު ބ.އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނި ކޮށެވެ. ނިޔާވީ އިރު އުމުރަކީ 81 އަހަރެވެ.

ޔޫސުފް ހަސަން ވަނީ ވަރަށް ގިނަ ދާއިރާތަކުގައި އޭދަފުއްޓަށާއި ބ.އަތޮޅަށް ގިނަ އަހަރުތަކެއްގައި ޚިދުމަތް ކުރައްވާފައެވެ. ޚިދުމަތުގެ ދާއިރާއަށް އޭނާ ނުކުންނެވީ އުމުރުން 15 އަހަރުވެސް ނުފުރެނީސް ކަމަށް ކުރިން އީވީއަށް ދިން އިންޓަވިއު އެއްގައި ވިދާޅުވިއެވެ.

”މަދަރުސާ ނިމިގެން އެންމެ ފުރަތަމަ އަދާކުރި ވަޒީފާއަކީ އޭދަފުށީ މަދަރަސަތުލް ބަހިއްޔާގެ މުދައްރިސް ކަން. އެއަށްފަހު އޭރުގެ ބ.އަތޮޅުވެރިޔާ އަލްމަރުހޫމް ޔޫސުފް ކަލޭފާނު ގެންދެވީ އަތޮޅުވެރިޔާގެ ކާތިބުކަމުގެ މަގާމަށް ދަރަވަންދޫއަށް. އަތޮޅުވެރިކަން އޭދަފުއްޓަށް ބަދަލުވީ އިރުވެސް ހުރީ އެމަގާމުގައި.  ”ވަރަށް ރީތިކޮށް އަރަބި ތާނަ ލިއުއްވުމުގެ ފަންނުގައި ކުރިއަރާފައިވާ ޔޫސުފް ވިދާޅުވެފައި ވެއެވެ.

ޔޫސުފް ވަނީ ބ.އަތޮޅު ކޮމިޓީގެ މެންބަރު ކަމާއި ބ.ފުޅަދޫ ކަތީބުކަމުގެ އިތުރުން އޭދަފުށީ ކުޑަކަތީބު ކަމުގެ މަގާމުގައި ހުންނަވައިގެން ވެސް ރައްޔިތުންނަށް ޚިދުމަތް ކުރައްވައިފަ އެވެ.

ޔޫސުފްގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދުގެ ހުކުރު ނަމާދަށް ފަހުގައި ކަމަށް އާއިލާއިން މައުލޫމާތު ދެއްވަ އެވެ.

އަގުހުރި ޚިދުމަތްތެރއެއް ވަކިވެދިއުމުގެ ހިތާމައިގައި އޭދަފުށީ މިއަދު ކަރުނަ އަޅަމުން ދާއިރު އެއާއިލާ އަށް ލިބުނު ފުން ހިތާމައިގައި ”އޭދަފުށީ ވޮއިސް“ ބައިވެރިވެ ތައުޒިޔާ ކިޔަމުއެވެ. މަރުހޫމް ޔޫސުފް ހަސަން އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކުރަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top