ވޯލްޑް ކަޕް މެޗުތައް ދިވެހި ދެ ޗެނަލަކުން ބަލައިލެވޭނެ

jnm.jpg

އަންނަ ނޮވެންބަރު މަހު 20ވަނަ ދުވަހު ގަތަރުގައި ފަށާ މި އަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް މީޑިއާ ނެޓް މެދުވެރިކޮށް ދިވެހި ޗެނަލުން ދައްކާގޮތަށް ހަމަޖައްސައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެ ޓީވީ އާއި އައިސް ޕްލަސް އިން ވޯލްޑް ކަޕްގެ މެޗްތައް ލައިވްކުރާނެ އެވެ. އެ ދެ ޗެނެލާއި އެކު މިކަމުގެ އެއްބަސްވުމުގައި މީޑިއާ ނެޓުން ވަނީ އެއްބަސްވެ ސޮއި ކޮށްފަ އެވެ.

މިއީ ރާއްޖެ ސަރަހައްދަށް ދިވެހި ޗެނަލްތަކަކުން ވޯލްޑް ކަޕް ދެއްކުމުގެ ހުއްދަ ލިބުނު ފުރަތަމަ ފަހަރެވެ. ރާއްޖެ ޓީވީ އާއި އައިސް ޕްލަސްއާ އެކީ މުބާރާތުގެ މެޗްތައް ގެނެސްދޭން ސޮއިކޮށް މީޑިއާ ނެޓުން މިހާރު ވަނީ ސްޕޮންސަރުންނަށް ވެސް ފުރުސަތު ހުޅުވާލައިފަ އެވެ.

މި މުބާރާތް ކުރިއަށް ދާނީ ޑިސެމްބަރު 18 އާ ހަމައަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top