ގޮއިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ގެ ސުލޫކީ މައްސަލައެއް ބަލަނީ

jsc-2.jpg

ބ. ގޮއިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިޝާރުގެ އަމިއްލަ މަސްލަހަތު ހިމެނޭ ވިޔަފާރީގެ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ މައްސަލައަކީ އަހުމަދު ނިޝާރުއާ ވިޔަފާރީގެ ގުޅުން އޮންނަ ފަރާތަކަށް ރައްދުވާ ގޮތަށް ގޮއިދޫ ކޯޓަށް ހުށަހެޅުނު ގަޒިއްޔާއެއް ބެލުމުން ތަނާޒުލު ނުވެ، ނިޝާރު އެ ގަޒިއްޔާ ކުރިއަށް ގެންދިއުމާއި އެ ގަޒިއްޔާ ކުރިއަށް ގެންދިޔުމުގައި ވެސް ފަނޑިޔާރެއްގެ ސުލޫކަށް އަސަރުކުރާގޮތަށް ނިޝާރު އަމަލުކުރުން ކަމަށެވެ.

މީގެ އިތުރުން ނިޝާރު އަމިއްލަ ވިޔަފާރިކޮށްގެން އާމްދަނީ ހޯދާއިރު އެކަން ނިޝާރުގެ މާލީ ބަޔާނުގައި ހާމަކޮށްފައި ނުވާކަމަށްވެސް ޖޭއެސްސީން ފާހަގަ ކުރެއެވެ.

ޖޭއެސްސީން ބުނީ މި މައްސަލަތައް ތަހުގީގު ކުރުމަށް އެކޮމިޝަނުގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ނިންމާފައިވާ ކަމަށާއި އެ މައްސަލަތައް ތަހުގީގުކުރާނެ ކޮމިޓީ މިއަދު ބޭއްވި ޖޭއެސްސީގެ 100 ވަނަ ޖަލްސާގައި އެކުލަވާލާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top