ﷲގެ އިސްމުފުޅު ލިޔެވިފައިވާ މަހެއް ކުޑަރިކިލު މީހަކު ބާނައިފި

rushdhiwithfish.jpg

ރުޝްދީ،އޭނާ ބޭނި މާނިޔާ މަހާއެކު

މާތްﷲގެ އިސްމުފުޅު “ﷲ” ލިޔެވިފައިވާ މަހެއް ބ.ކުޑަރިކިލު މަސްވެރިއަކު ބާނައިފި އެވެ.

މި މަސް ބޭނުނީ އިއްޔެ ކުޑަރިކިލުން ފަރުމަސްވެރިކަމަށް ނިކުމެ އުޅުނު އެރަށު އަހުމަދު ރުޝްދީ އަށެވެ. އޭނާއަށް ބޭނުނު ދެ ފޫޓް ހުންނަ ވަރުގެ މާނިޔާ މަހެއްގެ ބޮލުގައި “ﷲ” މިހެން ލިޔެވިފައިވާތަން ވަރަށް ސާފުކޮށް އެނގެން ހުއްޓެވެ. އެ މާނިޔާމަސް ބޭނުނީ ރޯޔަލް އައިލެންޑް ބޭރުން ހަލަކުންނެވެ.

ރުސްދީ ބުނީ، މި މަހުގެ ބޮލުގެ މަތިން ﷲ ގެ އިސްމުފުޅު ފެނިފައިވަނީ މަސް ބޭނުމަށް ފަހު ބުޅި ނައްޓަން އުޅުމުގެ ތެރެއިން ކަމަށެވެ.

“ﷲ ގެ އިސްމުފުޅު ފެނުމާއިއެކު އެ ގަޑީގައި އެހެންކަހަލަ އިހްސާސެއް ކުރެވުނީ. މަސް މަރާލާކަށް އަޅުގަނޑުމެން ބޭނުމެއް ނުވި. އިހްތިރާމް ކުރުމުގެ ގޮތުން އަޅުގަނޑުމެން އެ މަސް ކަނޑަށް ދޫކޮށްލީ” ރުސްދީ ބުންޏެވެ.

ދުނިޔޭގައި މާތް ﷲ ލައްވަވާފައިވާ ދިރުންތަކުން ﷲ ގެ އިސްމުފުޅު ފެންނައިރު، 2019 ވަނަ އަހަރު ދިވެހި މަސްވެރިއަކު ބޭނި ކަނޑުމަހަކުން ވެސް ﷲ ގެ އިސްމުފުޅު ފެނިފައި ވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top