ފެހެންދޫއިން ބޭނުންވަނީ ކޯޒްވޭ އަކުން ގޮއިދޫއާ ގުޅާލަން

DSCN2186.jpg

ފެހެންދޫ --އީވީ ފައިލް ފޮޓޯ

އެއް ފަޅުތެރޭގައި ޖެހިޖެހިގެން އޮންނަ ބ. ފެހެންދޫ އާއި ގޮއިދޫ ކޯޒްވޭއަކުން ގުޅާލަން ބޭނުން ވާކަމަށް ފެހެންދޫ ކައުންސިލުން ބުނެފިއެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް “ސަން” އަށް މިއަދު ވިދާޅުވީ ކޯޒްވޭކުން ގުޅާލަން މީގެ ދެމަހެއްހައި ދުވަސް ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރޭގައި ދަންނަވާފައިވާނޭ ކަމަށާއި އެކަން ރައީސްގެ ސަމާލުކަމަށް ގެނެސްފައިވާނޭ ކަމަށެވެ.

މޫސާ ވިދާޅުވި ގޮތުގައި އެ ކޯޒްވޭގެ ޕްލޭންތައް ހެދުމުގެ ކަންތައްތައް ޕްލޭނިން މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށެވެ.

“ގިނަ ރައްޔިތުން ވެސް ބޭނުންވަނީ އެގޮތް. ގޮއިދޫއާ ކޯޒްވޭއަކުން ގުޅާލަން މިދެމެދުގައި އިންނާނީ މޭލެއް ހާ ސަރަހައްދު. މިހާރު ޑިންގީއެއްގައި ދެވޭނީ ހަތް ވަރަކަށް މިނެޓުން.” މޫސަ ވިދާޅުވި އެވެ.

ފެހެންދޫގައި މިވަގުތު ދިރިއުޅެމުން ދަނީ 150 މީހުންނެވެ.

ފެހެންދޫ އާއި ގޮއިދޫ ކޯޒްވޭއަކުން ގުޅާލަން އެދުނުއިރު އެރަށުގެ އާބާދީ ކުޑަކަމުން  އެ ރަށުގެ 26 ދަރިވަރުން ކިޔަވަން ދަނީ ޑިންގީ އެއްގައި ގޮއިދޫ އަށެވެ،

އެގޮތުން އިންޑިއާ ސަރުކާރުގެ އެހީގައި ފެހެންދޫގެ ދަރިވަރުން، ދެ ރަށް ދޭތެރޭގައި ދަތުރުކުރުމަށް ފެންވަރު ރަނގަޅު ފެރީއެއް ހޯދުމަށް 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top