އިންޒާރު: ރިސޯޓުތަކުން ކޮވިޑް ކޭސްތައް އިތުރުވެދާނެ

l_2020_07_15_085433_u9feqtpx7i52hk6awo1vd4zmncbrgl83yjs_EN_.jpg

ފޮޓޯ --ސަން .އެމްވީ

ރާއްޖޭގައި ހިންގާ ރިސޯޓުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެ، ގިނަ ރިސޯޓުތަކެއް އައުޓްބްރޭކަކަށް ހިނގައިދާނެކަމުގެ އިންޒާރު ޓެކްނިކަލް އެންޑް އެޑްވައިޒަރީ ގްރޫޕް (ޓެގް) ޓީމުން ދެއްވައިފި އެވެ.

ޓެގް އިން މި އިންޒާރު ދީފައިމިވަނީ ރިސޯޓަކުން އެތައް ބަޔަކު ޕޮޒިޓިވްވެ އައުޓްބްރޭކެއް އައިސްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފައި ވަނިކޮށެވެ.

އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ ކޭސްތަކުގެ އާ ޓްރެންޑެއް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން ޓޫރިސްޓުންނަށް ޚިދުމަތްދެމުން އަންނަ ތަންތަނުން ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ .ޝަހީދު ވަނީ މީގެ މަސްތަކެއް ކުރިން ރިސޯޓުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު 50 އާއި 60 އާ ދެމެދުގައި ހިފެހެއްޓިފައި ހުރި ނަމަވެސް މިހާރު އެ އަދަދު 100 އިން މައްޗަށް އަރާފައިވާކަން ފާހަގަކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ މިއީ ކުރިން ވެސް އަންނާނެ ކަމަށް ލަފާކޮށްފައިވާ ހާލަތެއް ކަމަށެވެ. އެއީ ރާއްޖެއަށް ޓޫރިސްޓުން އަންނަ ނިސްބަތް އިތުރުވެ، ހައިރިސްކް ގައުމުތަކުން ޓޫރިސްޓުން އަންނާތީ ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ.

އެހެންކަމުން މިހާލަތު އަޔަ ނުދިނުމުގެ ގޮތުން ކޭސްތައް ދެނެގަތުމަށް ވަރަށް ޚާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ .ޝަހީދު އިތުރަށް ވިދާޅުވީ އަވަހަށް ކޭސްތައް ދެނެގަނެވި އަވަހަށް އެކަހެރިކުރެވުމަކީ އައުޓްބްރޭކެއް އަޔަނުދިނުމަށް އެޅޭނެ އެއްމެ މުހިއްމު ފިޔަވަޅު ކަމަށެވެ. މީގެ އިތުރުން ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ މުވައްޒަފުންނާއި ޓޫރިސްޓުން ވެސް އެކަހެރިކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

“ގިނަ ފަހަރަށް މުވައްޒަފުންގެ އެކޮމޮޑޭޝަން ހުންނަނީ ޝެއާކުރާ ގޮތަށް. އެހެންކަމުން ވަރަށް ސަމާލުވާން ޖެހޭނެ އެކެއްގެ ކިބައިން އަނެކެއްގެ ކިބަޔަށް ބަލި ފެތުރިގެން ނުދާނެ ގޮތަކަށް ޢަމަލުތައް ބެހެއްޓުމަށް،” ޑރ.ޝަހީދު ވިދާޅުވި އެވެ.

ރިސޯޓުތައް އަލުން ހުޅުވާލި ފަހުން ޓޫރިސްޓުންނަށް ޚިދުމަތްދޭ ތަންތަނުން 108 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top