ތުޅާދޫގައި ވެސް އިހްތިޖާޖް!

399764_3_44843fef870d953768860634418dfa09016551d8_large.jpg

ހައުސިން ޔުނިޓްތަކުގެ މައްސަލާގައި ތުޅާދޫ ކައުންސިލް އިދާރާ ތެރޭގައި ނުރުހުން ފާޅުކުރަނީ.

ބ. އޭދަފުށިން ގޯތި ދިނުން ލަސްވެގެން ވޭތުވެ ދިޔަ ތިންރެއިން ފެށިގެން ސިލްސިލާކޮށް އިހްތިޖާޖު ކުރަމުން ދާއިރު މިއަދު ބ.ތުޅާދޫގައިވެސް އެރަށުގެ ހައުސިން ޔުނިޓްތަކުގެ މައްސަލާގައި އިހްތިޖާޖް ކޮށްފި އެވެ.

ތުޅާދޫގައި އިހްތިޖާޖް ކުރަމުން ދަނީ އެރަށުގައި އަޅާފައިވާ 100 ހައުސިންޔުނިޓް ދޫކުރަން ފުރަތަމަ އެކުލަވާލި އުސޫލާ އެއްގޮތަށް ކުރިއަށް ގެންދަން އެ ރަށު ކޯޓުން ނިންމި ނިންމުމާ ޚިލާފަށް، ކައުންސިލުން އަމަލުކުރަން އުޅޭތީކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އިހުތިޖާޖުގެ ބައިވެރިން ވަނީ ކައުންސިލް އިދާރާ ތެރެއަށް ވެސް ވަދެފަ އެވެ.

އެމީހާ ބުނީ ކޯޓުން ކައުންސިލްގެ މައްޗަށް އަމުރު ކޮށްފައިވަނީ އުސޫލަށް ކައުންސިލުން އެއްވެސް ބަދަލެއް ނުގެނެސް ހައުސިން ޔުނިޓްތައް ދޫކުރަން ކަމަށެވެ. އެކަމަކު ކައުންސިލުން އެކަމާ ދެކޮޅު ހަދަމުން އަންނަ ކަމަށެވެ.

އެކަމަކު ކައުންސިލުން މިހާރު ބުނަމުން އަންނަނީ ގޮތެއް ނިންމާނީ ހައުސިން މިނިސްޓްރީއާ މަޝްވަރާކޮށް، ލަފާ ހޯދައިގެން ކަމަށެވެ.

ކޯޓުން ނިންމި ގޮތަށް އަމަލުކުރަން ކައުންސިލުން ބޭނުމެއް ނުވެ އެވެ. އެހެންވެ އަމުރު އިސްތިއުނާފް ކުރަން ކައުންސިލުން ނިންމާފައިވާ ކަމަށް، އިހްތިޖާޖް ކުރާ މީހުންގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

“މިކަމާ ރައްޔިތުން ރުޅިގަދަވެގެން މިއުޅެނީ. އެއްވެސް އުސޫލަކަށް ބަލަނީ އެއް ނޫން. އުސޫލުން ކުރީ ވައްކަން، ކޯޓުގެ ނިންމުމަށް ވެސް އަމަލު ނުކުރަން މިއުޅެނީ،” އޭނާ ބުންޏެވެ.

އޭނާ ބުނީ ހައުސިން ޔުނިޓުތައް ނިމި މިހާ ގިނަ ދުވަސްވެގެން ދިޔައިރު ވެސް ހަވާލު ނުކުރެވި އެ ތަންތަން ހަލާކުވަމުންދާއިރު ވެސް ހައުސިން ޔުނިޓުތަކުގައި މީހުންނަށް އާބާދު ވެވޭނެ ދުވަހެއް ނޭނގޭތީ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

މި މައްސަލައިގައި ކައުންސިލުގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top