ނަގުދު ފައިސާއާއި ގޮވާމުން މިއަހަރު ފިތުރު ޒަކާތް ބަލައިނުގަންނާނެ!

How-Much-Is-Zakat-Al-Fitr.jpg

ނަގުދު ފައިސާއާއި ގޮވާމުގެ ބާވަތްތަކުން މިއަހަރުގެ ފިތުރުޒަކާތް ބަލައި ނުގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިގޮތަށް ނިންމާފައިވަނީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައިވެސް މިހާރު މިބަލި އޮތުމުގެ ސަބަބުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެގޮތުގައިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝައިޚް ނަސްރުﷲ އަލީ ވިދާޅުވީ މި ދަނޑިވަޅުގައި ނަގުދު ފައިސާއާއި ގޮވާމުގެ ބާވަތްތަކުން ޒަކާތް ނެގުމަށް ނިންމާފައި ނުވިނަމަވެސް ރަމަޟާން މަހުގެތެރޭގައި، ކޯވިޑް-19ގެ ބަލިމަޑުކަމަށް ހައްލެއް އައިސްފިނަމަ އެ ކަން ހަމަޖައްސަވާނެކަމަށެވެ. އެކަމަކު އަދި ހަމަޖެހިފައިވަނީ އެސްއެމްއެސް މެދުވެރިކޮށް އަދި އޮންލައިންކޮށް ޒަކާތް ދެއްކުމަށްކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިއަހަރު ފިތުރު ޒަކާތަށް ދައްކަންޖެހޭ އަގުތަކެއް އެ މިނިސްޓްރީން ހާމައެއް ނުކުރައްވައެވެ.

ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާއެއް، ނުވަތަ ދެއަތްގޮށިން ނެގޭ މިންވަރެވެ. ޞާއެއްގެ ބަރުދަނަކީ ހަނޑުލުން ނަމަ ގާތްގަނޑަކަށް ދޭއް ޕޮއިންޓު ހަތަރެއް ކިލޯ ގްރާމެވެ. ގޮވާމުން ޒަކާތް ދެއްކުމުގެ ބަދަލުގައި އެމިންވަރުގެ އަގަށްވާ ނަގުދު ފައިސާއިންވެސް ފިތުރު ޒަކާތް ބަލައިގަނެއެވެ.

ފިތުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ހައްގުވާ މީހުންނަށް ދޭން ވާޖިބުވާ ކަމެކެވެ.
ފިތުރު ޒަކާތް ވާޖިބުވާ މީހުންނަކީ އީދުދުވަހާއި އެރޭ އޭނާއާއި އޭނާގެ ބަލަދުވެރިކަމުގެ ދަށުގައިވާ މީހުންގެ ކެއުމާއި އެހެނިގެން އަސާސީ ބޭނުންތައް ފުއްދޭނެ މިންވަރުގެ ފައިސާ ނުވަތަ ތަނަވަސްކަން ލިބިފައިވާ ކޮންމެ މީހެކެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާންމަހުގެ ފުރަމަތަމަ ދުވަހަކީ މި ހިނގާ އޭޕްރީލް މަހުގެ ސައުވިސްވަނަ ދުވަހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top