ހަނިމާދު ސްކޫލްގެ ދަރިވަރުންކޮޅެއް ބ.އަތޮޅުގައި

20449328_336248140131406_5965741340975057620_o-1024x768.jpg

ހަނިމާދޫ ސްކޫލްގެ ދަރިވަރުން ކޮޅެއް އަތޮޅު ތައުލީމީ މަރުކަޒުގައި

ދަތުރު ނާމާގެ ޕްރޮޖެކްޓަށް މައުލޫމާތު ހޯދުމާއި އެހެން ސްކޫލެއްގެ ދަރިވަރުންނާއެކު ތަޖުރިބާ ހިއްސާކުރުމުގެ ދަތުރެއްގައި ހަނިމާދޫ ސްކޫލްގެ ގްރޭޑް 12 ގެ ދަރިވަރުން ކޮޅެއް ބ.އަތޮޅަށް އަތުވެއްޖެއެވެ.

ހަނިމާދޫ ސުކޫލްގެ ޕްރިންސިޕަލް އަބްދުލް މުހުސިން ލަތީފް ، މިދަތުރާބެހޭ  މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައި މިމަހުގެ 28 ން 30 އަށް ކުރިއަށްދާ މި ތަޖުރިބާ ދަތުރުގައި ހަނިމާދޫ ސްކޫލްގެ އޭލެވެލްގައި ތައުލީމް ހާސިލްކުރާ 11 ދަރިވަރުންނާއި 5 އޮފިޝަލް ބައިވެރިވާނެއެވެ.

މިދަތުރުގައި އެދަރިވަރުން އިއްޔެ ދަރަވަންދޫގައި ހޭދަކުރުމަށް ފަހު މިއަދު ވަނީ ސޮނޭވާފުށީގައި ދަތުރު ނާމާގެ ޕްރޮޖެކްޓަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްފަހު އޭދަފުށީގައެވެ. މާދަމާ މި ކުދިން ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނާއެކު ކިޔެވުމުގައި ބައިވެރިވާނެއެވެ.

މި ކުދިން އެނބުރި ހަނިމާދޫއަށް ދިއުމަށް ހަމަޖެހިފައި މާދަމާ މެންދުރުފަހު އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top