ކީ ސްޓޭޖް 1،2 ގެ ޓެލިކްލާސްތައް ހަފްތާއަކު ތިން ދުވަހު

DSCN7011-1.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް --އީވީ ފައިލް ފޮޓޯ

ކީ ސްޓޭޖް އެކަކާއި ދޭއްގެ ޓެލިކިލާސްތައް އޮންނާނީ ހަފްތާއަކު ތިން ދުވަހު ކަމާއި އެއީ އާދިއްތަ، އަންގާރަ އަދި ބުރާސްފަތިި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޓުވީޓެއްގައި ބުނެފައިވަނީ އާދިއްތަ، އަންގާރަ، އަދި ބުރާސްފަތި ދުވަހު ހަވީރު  4 އިން 4:30 އަށް އޮންނާނީ ކީ ސްޓޭޖް އެކެއްގެ ހިސާބު މާއްދާއެވެ. އަދި އަންގާރަ ދުވަހު ހަވީރު 4 އިން 4:30 އަށް ކީ ސްޓޭޖް އެކެއްގެ ދަރިވަރުންނަށް އޮންނާނީ އިނގިރޭސި މާއްދާއެވެ. އަދި ބުރާސްފަތި ދުވަހު ހަވީރު 4 އިން 4:30 އަށް ގްރޭޑް އެކެއްގެ ދަރިވަރުންނަށް އޮންނާނީ ދިވެހި މާއްދާއެވެ.

މީގެއިތުރުން ކީ ސްޓޭޖް 2 ގެ ދަރިވަރުންނަށް އާދިއްތަ ދުވަހު ޓެލިކްލާސް އޮންނާނީ ހަވީރު 4:30 އިން ފެށިގެން 5:00 އަށް ހިސާބު މާއްދާއެވެ. އަންގާރަ ދުވަހު ހިސާބު މާއްދާ އޮންނައިރު ބުރާސްފަތި ދުވަހު އޮންނާނީ ދިވެހި މާއްދާއެވެ.

ކީ ސްޓޭޖް 2ގެ ދަރިވަރުންގެ ޓެލިކްލާސްތައް އޮންނާނީ އާދިއްތަ އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހަވީރު 4:30 އިން ފެށިގެން 5:00 އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top