ރަންޔޫބީލް އީދުގައި ކަނބަލުން މަހަށް

50679385_2142066012542835_767042031913533440_n.jpg

ރަންޔޫބީލް ފާހަގަކުރުމަށް ފަންޑު ހޯދުމުގެ ގޮތުން ވަފާއިން ބޭއްވި ނައިޓްމާކެޓް -ފޮޓޯ :ވަފާ ފޭސްބުކް

އޭދަފުއްޓަށް މީހުން ބަދަލުކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޖަމިއްޔަތުލްވަފާއިން ބާއްވާ “ރަންޔޫބީލް އީދު”ގެ ހަރަކާތްތަކުގެ ތެރޭގައި އޭދަފުށީގެ ކަނބަލުންނަށް ހުޅުވާލައިގެން މަސްރޭހެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމިއްޔާއިން ބުނެފިއެވެ.

“ކަނބަލުންގެ ރަންޔޫބީލް މަސްރޭސް 2019 “ގެ ޝިއާރުގެ ދަށުން ބާއްވަން ނިންމާފައިވާ މި އިވެންޓް އޮންނާނީ އަންނަ މާޗް މަހުގެ 10ވަނަ ދުވަހު ހަވީރު 4:00 ގައެވެ.

ވަރަށް ފޯރިގަދަކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި މަސްރޭހުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ކަނބަލުންނަށް މިކަމަށްއެދޭ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނި މިއަދުން ފެށިގެން ކޮންމެ ރެއެއްގެ 9 އަކުން ފެށިގެން ވަފާގެ އިދާރާއިންނެވެ. ފޯމް ހުށަޙެޅުމުގެ ސުންގަޑިއަކީ 11މާޗް 2019އެވެ. ރޭހުގައި ބައިވެރިވުމަށް ފީއެއް ދައްކާކަށް ނުޖެހެއެވެ.

ރަންޔޫބީލް އީދަށް ފަންޑު ހޯދުމަށް ޖަމިއްޔަތުލް ވަފާއިން މީގެކުރިން ވަނީ ދެ ފުޑްފެއަރއަކާއި ނައިޓް މާކެޓެއްވެސް ބާއްވާފައެވެ.

ގިނަ ބަޔަކަށް ފުުރުސަތު ދިނުމުގެ ގޮތުން ޔުބީލް ހަރަކާތްތައް ބާއްވަން ނިންމާފައިވަނީ އަންނަ މަާޗްގައި ލިބޭ ސްކޫލްތަކުގެ ފުރަތަމަ ޓާމް ޗުއްޓީގެ ތެރޭގައެވެ.

ކުޅިވަރު އީދެއްގެ ގޮތުގައި އެއްހަފްތާ ވަންދެން މެދުނުކެނޑި ”ރަން ޔޫބީލް އީދު” ކުރިއަށް ގެންދިއުމަށް ވަފާ ޖަމިއްޔާއިން ވަނީ ނިންމާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top