އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ އެންމެ ކުޑަކުލި ކަނޑައެޅުމުގެ ބާރު ރަށު ކައުންސިލަށް

DSCN3526.jpg

އޭދަފުށީގެ ހިއްކި ބިން - އީވީ ފައިލް ފޮޓޯ

މަސައްކަތްތަކާއި ވިޔަފާރި ތަކަށް ރަށްރަށުން ދޫކުރާ ބިންބިމުގެ އެންމެ ކުޑަ ކުލި ކަނޑައެޅުމުގެ ބާރު އެ ރަށެއްގެ ކައުންސިލަކަށް ދެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށް މިއަދު ނެރެފިއެވެ.

މި އިސްލާހުގައި ދިރިއުޅުން ނޫން އެހެން ބޭނުންތަކަށް ބިން ބިން ކުއްޔަށް ދިނުން ސަރުކާރުގެ ކަމާއި ބެހޭ މުވައްސަސާއަށް އޮތް ބާރުތަކާއި ޒިންމާތައް އުނިކޮށް ރަށު ކައުންސިލަށް ދީފައިވެއެވެ.

އަދި ރަށްރަށުގައި އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ އެންމެ ކުޑަ ކުލީގެ ގޮތުގައި ކަނޑައަޅާ މިންވަރު ގެޒެޓް ކުރަން ޖެހެއެވެ.

އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ އެންމެ ކުޑަ ކުލި ކަނޑައަޅަން ވާނީ، އެރަށެއްގެ ތަނަވަސްކަމާއި، އިޤްތިޞާދީ ފުދުންތެރިކަމުގެ އިތުރުން ބިމުގެ ޑިމާންޑަށް ބެލުމަށް ފަހުގައި ކަމަށް އެ އިސްލާހުގައިވެއެވެ.

ގަވާއިދުގައި މިހާރު އޮތް ގޮތުން އެންމެ ކުޑަ ކުލީ އަގު ކަނޑައެޅުމުގައި ރަށް ނުވަތަ ސިޓީއެއްގެ ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ އަގުތަކަށް ރިއާޔަތް ކުރަން ޖެހެއެވެ.

އަގުތައް ކޮންމެ ދެ އަހަރަކުން އެއް ފަހަރު މުޖާރައާ ކުރަން ޖެހޭނެ ކަމަށާއި މި ކަމުގައި މީހުންގެ ތަނަވަސްކަމާއި ބިމުގެ ޑިމާންޑަށް ބަލަން ޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ.

މި ގަވާއިދަކީ ދިރިއުޅުން ނޫން ބޭނުންތަކަށް ބިން ކުއްޔަށް ދޫކުރުމާއި ބެހޭ ގަވާއިދަކަށް ވާތީ، މީހުން ދިރިއުޅެން ދޫކުރާ ގެއާއި އެޕާޓްމަންޓްތަކުގެ އަގު ކޮންޓްރޯލް ކުރުމުގެ ބާރެއް ނޯންނާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top