އިންޑިއާ އިން ހައްޔަރުކުރި ރަޝީދާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

big_hwGJvX9wuF4cvxToN51YDGpwd.jpg

ކޮޗިން އެއާޕޯޓް

އިންޑިއާ އަށް ބޭސްފަރުވާ އަށް ދިޔަ ތަނުން ހައްޔަރުކުރި އައިމިނަތު ރަޝީދާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އޭދަފުއްޓަށް ނިސްބަތްވާ އުމުރުން 58 އަހަރުގެ އައިމިނަތު ރަޝީދާ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ މިމަހުގެ 15 ދުވަހު އެވެ.

އައިމިނަތު ރަޝީދާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރި ފުރަތަމަ ފަހަރު އޭނާގެ ބަންދަށް ކޯޓުން ވަނީ ތިން ދުވަސް ޖަހައިފަ އެވެ.

އެއަށްފަހު އިންޑިއާގެ މެޖިސްޓްރޭޓް ކޯޓަކަށް ހާޒިރުކޮށް، އޭނާގެ ބަންދަށް ތިން ދުވަސް ޖެހި އެވެ.

ރަޝީދާގެ އާއިލާއިން ބުނީ އެ މުއްދަތު ހަމަވުމުން، ކޯޓަށް ހާޒިރުކޮށް އިތުރު 14 ދުވަސް ޖަހާފައިވާ ކަމަށެވެ. މައްސަލަ ތަހުގީގުކުރަމުން އަންނާތީ އެކަމާ ގުޅޭގޮތުން އިތުރު ވާހަކައެއް ނުދައްކަ އެވެ.

އިންޑިއާގެ ކެރަލާގައި އުޅޭ ބަޔަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އައިމިނަތު ރަޝީދާއަށް އެޑްރެސްކޮށް ފޮނުވި ޕާރްސަލެއްގައި ހުރި މަސްތުވާތަކެއްޗާ އައިމިނަތު ރަޝީދާއާ ގުޅުމެއްވާ ކަމަށް އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ތުހުމަތުކުރެ އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އެ މައްސަލައިގައި ތުހުމަތު ކުރެވިފައިވަނިކޮށް އިންޑިއާ އަށް ދިޔަ ތަނުން އެއާޕޯޓުންނެވެ.

އައިމިނަތު ރަޝީދާ އަކީ ވިލިމާލޭގައި ދިރިއުޅޭ، އަމިއްލަ ވިޔަފާރީގެ މަސައްކަތުގައި އާއްމުކޮށް ރާއްޖެއިން ބޭރަށް ދަތުރު ކުރާ މީހެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top