ތާރުއަޅާ މަގުތަކަށް ބޭނުންވާ ބައެއް ސާމާނު ހިފައިގެން އޭދަފުއްޓަށް ބާޖެއް އަތުވެއްޖެ

viber-image.jpg

އޭދަފުށީގައި ތާރުއެޅުމަށް ހަމަޖެހިފައިވާ މަގުތަކުގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ހިފައިގެން ބާޖެއް މިއަދު އޭދަފުއްޓަށް އަތުވެއްޖެއެވެ.

ހެނދުނު މިރަށަށް ގެނައި ތަކެތީގެ ތެރޭގައި ހިމެނީ މަސައްކަތް ފަށައިގަންނަން ބޭނުންވާ ޕޭމެންޓް ބްލޮކާއި ޖަންކްޝަންތަކުގެ އިތުރުން  ޖަންކްޝަން މަތިގަނޑުތަކެވެ.

އޭދަފުށީ ކައުންސިލްގެ މެމްބަރ މުހައްމަދު ރިޒާ ވިދާޅުވީ މިއަދު ގެނެވުނު ތަކެއްޗާއެކު މަޑުނުޖެހި މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނޭކަމަށާ، އެންމެ ފުރަތަމަ ތާރުއަޅާނީ ބަނދަރުގެ މަގުތައްކަމުގައެވެ.

“ދެން މަސައްކަތް ނުހުއްޓި ކުރިޔަށް ދާނެ. ސާވޭ ޓީމެއް މާދަމާ އަންނާނެ. ވަރަށް އަވަހަށް ފެނިގެންދާނެ ބަނދަރު ސަރަހައްދުގެ މަގުތައް ހަދަންފަށާ މަންޒަރު. މިބާޖު ހުސްކޮށްފަ މާދަމާ ގޮސް އަނެއްކާ މެޝިނަރީ ބަރުކުރާނެ” ރިޒާ ވިދާޅުވިއެވެ.

މި މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް މެޝިނަރީޒް އާއެކު އާއި ފުރަތަމަ ޝިޕްމަންޓް މިރަށަށް ޖަމާކުރީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގަ އެވެ.

ރިޒާ ވިދާޅުވީ މަސައްކަތް ނުފެށި ދިގުލައިގެން ދިޔައީ އެކިކަހަލަ ދަތިތަކާ ދިމާވެގެންކަމަށާ، އެކަންކަން މިހާރު ހަމަޔަކަށް އެޅިފައިވާކަމަށެވެ.

އޭދަފުށި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއުގެ ދަށުން 33.2 މިލިޔަން ރުފިޔާގެ ޚަރަދުކޮށްގެން 15 މަގެއް ތަރައްގީ ކުރާނެ ކަމަށެވެ. މި މަސައްކަތް އެއްކޮށް ނިމޭއިރު މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރެވި، ފެން ހިންދުމުގެ ނިޒާމު ގާއިމުކޮށް އަދި ޓްރެފިކް ނިޝާންތައްވެސް ހަރުކުރަން ޖެހެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top