އަލީވަހީދު އިސްތިއުފާދެއްވައިފި

CBeinPtVEAAf0zC.jpg

އޭދަފުށީ ކައުންސިލްގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަލީވަހީދު އެމަގާމުން އިސްތިއުފާދެއްވައިފިއެވެ. މިކަމާގުޅިގެން އަލީވަހީދު ވިދާޅުވީ އިސްތިއުފާ ދޭން ނިންމީ ކުރިންވެސް ބުނެފައިވާނެ ފަދައިން ހެދިފައިވާ ގަވާއިދާއި އުސޫލުތަކުުގެ ބޭރުން އޭދަފުށީ ކައުންސިލުން ގިނަ ކަންތައްތަކެއް ކުރަމުންދާތީކަމުގައެވެ.

މިހާރުވެސް އޭދަފުށީ ކައުންސިލުގެ ފަރާތުން އިމާރާތްކުރަމުންދާ ދެތަނަކީ މިދެންނެވި ބަހުގެ ހެއްކެއްކަމުގައި އޭނާ ވިދާޅުވިއެވެ.

” ބޯޅަގެއޭ ކިޔާފައި ހަދަމުން އެެގެންދާ އިމާރާތަކީ ބައެއްގެ ގޯތީގައި ހަދަމުން ދާ ތަނެއް. ކިހިނެއް މީހަކަށްދީފައިވާ ގޯއްޗެއްގައި އެމީހުންގެ ހުއްދަނުހޯދާ އިމާރާތެއް ކުރެވޭނީ ؟ އަލީވަހީދު ސުވާލު އުފެއްދެވިއެވެ.

ދެން އޭނާ ފާހަގަކުރެއްވީ ފެރީ ޓާމިނަލްއެވެ. ވިދާޅުވީ ފެރީޓަމިނަލް އެހަދަނީ އެތަނަކީ ހުއްދަ ދީފައިވާ ތަނެއްގައި ނޫންކަމުގައެވެ.

މިނޫނަސް އުސޫލުތަކުގެ ބޭރުން މިކަހަލަ ބައިވަރުކަންތައްތަކެއް ކައުންސިލުން ކުރަމުން ގެންދާތީ އެފަދަ މަގާމެއްގައި ހުރުމަށް ޒަމީރު ތަންނުދޭތީ ރައީސްކަމުންއިސްތިއުފާ ދިނީ ކަމުގައި އަލީވަހީދު ވިދާޅުވިއެވެ.

އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޅަގޭގެ ނަމުގައި ނުވަތަ ޗޭންޖިންގރޫމްގެ ގޮތުގައި އިމާރާތްކުރަމުން އަންނަ ދެ “ގުދަން ” އިމާރާތްކުރަމުން އެގެންދަނީ އޭދަފުށީ ޒުވާނުންގެ ޖަމްއިއްޔާގެ ބިމެއްގައެވެ. ގުދަނޭ މިދެންނެވީ އެތަނަށްވަންނަންހުންނަ ދޮރު ފިޔަވައި އިތުރު އެއްވެސް ދޮރެއް ނުހުންނާތީއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު