ރާއްޖޭގެ ބޯދަރު ހުޅުވާލި ފަހުން 27000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
މިއީ މި އަހަރުގެ އޯގަސްޓް މަހު ރާއްޖެ އައި ފަތުރުވެރިންނާ އަޅާ ބަލާއިރު 56 އިންސައްތަ އިތުރުވުމެއްކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން، 15 ވަނަ ދުވަހާއި ހަމައަށް 8350 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.
އަދި ބޯޑަރު ހުޅުވާލުމާއިއެކު ޖުލައިމަހު 1752 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ އިރު އޯގަސްޓްމަހު 7628 ފަތުރުވެރިންނާއި ސެޕްޓެމްބަރުމަހު 9538 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލީ މި ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހު ފުރަތަމަ ޖައްސާފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. އެ ފްލައިޓުން 129 ޓޫރިސްޓަކު ވަނީ ރާއްޖެ އައިސްފަ އެވެ.