ބޮޑުމަސް ނައްތައެއް ނުލެވުނު

163304_3_4487cc58b151a3f29ba81809f5ac6198dc493b51_medium.jpg

ގޮއިދޫ ފަޅުތެރއަށް ލައްގާފައި އޮތް ބޮޑުމަސް : ފޮޓޯ : މިހާރު

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ގޮއިދޫ ފަޅުތެރެއަށް މަރުވެގެން ލައްވެފައި އޮތް ބޮޑުމަހެއް އެރަށުގެ ފަޅު ތެރެއިން ބޭރަށް ނެރެ ފުން ކުރުމަށް ކުރަމުން އައި މަސައްކަތަށް ކުރިއެރުމެއް ނުލިބިގެން ހުއްޓާލައިފިއެވެ.

މިކާ ގުޅިގެން ގޮއިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ގޮއިދޫއާއި ފެހެންދޫއާ ފުޅަދޫއަކީ އެއް ފަޅުތެރޭގައި އޮންނަ ތިން ރަށް ކަމަށް ވެފައި މިހާރު ފެހެންދޫއާ ހައެއްކަ މޭލުގެ ބޭރަށް ލައްވެފައި އޮތް މަސްނައްތާލަން ވޭތުވެދިޔަ ހަތަރު ދުވަހު ގިނަމަސައްކަތެއް ކޮށްފައިވާ ކަމަށާއި އެކަމަކު އެކަން  ކާމިޔާބު ނުވި ކަމުގައެވެ.

ބޮޑުމަސް ނައްތާލަން އުޅުނީ އޭގެ ކަށިތަކާ އެއްޗެހި ބައެއް މީހުން ބޭނުން ވެގެން އެކަމަށް އެދުމުން ކަމަށް ގޮއިދޫ ކައުންސިލް މެންބަރު މުހައްމަދު ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޮޑު މަސް ލައްގައިފައި އޮތް ތަނުގައި މިިޔަރުގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ ފެމުނު އުޅޭތީ އެ ހިސާބަށް އެއްވެސް މީހަކު ނޭރެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top