ރައީސް ނަޝީދުގެ ވިޔަކުރެއްވުން: އެމްޑިޕީއަށް 27 ޕަސެންޓް

298524181_10160553584309766_3671253151068822457_n.jpg

ވެރިކަމުގެ ނިޒާމު ބަދަލުކުރަން އެއްބަސްނުވާނަމަ މި ސަރުކާރަށް ލިބޭނީ އެންމެ 27 ޕަސެންޓް ވޯޓް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ އެމްޑީޕީ އެކަނި އޮވެ އިންތިޚާބާއި ކުރިމަތިލައިފިނަމަ 112،000 ވޯޓު ނެގެން އެބައޮތް ކަމަށާއި ނަމަވެސް ނިޒާމަށް ބަދަލު ނުގެނެވިއްޖެނަމަ އެމްޑީޕީގެ 47000 މެންބަރުން ސަރުކާރާ ފެއަށް ޖެހޭނެ ކަމަށެވެ.

“އެއީ 47،000 މީހުން. އެއްކަލަ 112،000 އިން މި 47،000 ނެގީމަ ބާކީ ސަރުކާރަށް މިއޮތީ 65،000 ވޯޓު. އެއީ ޖުމްލަ ވޯޓުލާ މީހުންގެ 27 ޕަސެންޓް.” ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ 27 ޕަސެންޓް ވޯޓު ސަރުކާރަށް އޮތީ ނިޒާމީ ވާހަކަ ނުދެއްކުމުން ނުވަތަ އޮނިގަނޑުގެ ބަދަލެއް ގެންނަން އެއްބަސް ނުވުމުން ކަމަށެވެ. މިއީ ހަމައެކަނި ސިޔާސީ ހަގީގަތެއް ނޫން ކަމަށާއި މިއީ ވިޔަ އަކުރުގެ ބޮޑު ހަގީގަތެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

“ހިސާބުން ވަރަށް ސާފުކޮށް ފެންނަން އޮތް ބޮޑު ހަގީގަތެއް. އަޅުގަނޑު ދެކޭގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އަދި ނިޒާމީ ވޯޓަށް ފުރުސަތު ދިނުން އެއީ ބުއްދިވެރި ކަމެއް ނޫން ގޮތުގައި ދެކޭ އެމްޑީޕީގެ ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ފެންނަ ނުފެންނަ ވޯޓެއް އެމްޑީޕީގެ 42 ޕަސެންޓް މެންބަރުންނަށް ނުލިބިއްޖެނަމަ އެމީހުން އެބަ ދުރުވޭ. ސަރުކާރުގެ ތާއީދު 27 ޕަސެންޓްގައި ހުންނަން އެބަ މަޖުބޫރު ކުރޭ.” ބަަރުލަމާނީއަށް ތާއީދު ނުކުރައްވާ ކަަމަށް ރައީސް ސޯލިހު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ބުއްދިވެރިކަމާއެކު އަމަލުނުކޮށްފިނަމަ އެމްޑީޕީގެ މިސްރާބު ހުރީ ޚަރާބުގެ މަގަށް ކަމަށެވެ. އެކަމަކު އެމްޑީޕީގެ މެންބަރުންނަކީ ވިސްނުންތެރި އަދި ބުއްދިވެރި ބައެއް ކަމަށްވާއިރު އެ މެންބަރުން ރަނގަޅު ނަތީޖާ ނެރޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top