ސުޕްރީމް ކޯޓުންވެސް ރައީސް ޔާމީނަށް ނާކާމިޔާބު

original_1691299923195.jpeg

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ކެންޑިޑެސީ ބާތިލް ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތާއީދު ކޮށްފިއެވެ.

ރައީސް ޔާމިނުގެ ކެންޑިޑެސީ ފޯމު ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅީ އޮގަސްޓު 1 ގަ އެވެ. ހަމަ އެދުވަހު އީސީން ވަނީ ރައީސް ޔާމިނުގެ ކެނޑިޑެސީ ފޯމު ބަލައިނުގަތުމަށް ނިންމާފަ އެވެ. ސަބަބެއްކަމަށް އީސީން ބުނެފައިވަނީ އެމަނިކުފާނަކީ މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ފަރާތަކަށް ވުމެވެ. އަދި ދައުލަތަށް ދައްކަންޖެހޭ ޖުރިމަނާގެ ސާބިތު ދަރަންޏެއް ދައްކާފައިނުވާތީ ޝަރުތު ފުރިހަމަ ނުވާކަމަށެވެ.

އެއާއެކު ރައީސް ޔާމީން ގެ ފަރާތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވާފައެވެ.

މިމައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ބުނެފައިވަނީ ރައީސް ޔާމީން ކެންޑިޑެސީ ފޯމު ހުށަހެޅިއިރު ސާބިތު ދަރަންޏެއް އޮތްކަމަށާއި އެހެންކަމުން ޝަރުތު ފުރިހަމަ ނުވާކަމަށް އީސީން ނިންމީ ރަނގަޅަށް ކަމަށެވެ. އަދި ޖަލު ހުކުމެއް އޮތުމުން ރައީސް ޔާމީންގެ ޝަރުތު ފުރިހަމަނުވާކަމަށް އީސީން ނިންމީ ރަނގަޅަށް ކަމަށްވެސް ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީންގެ ކިބައިގައި ޝަރުތު ފުރިހަމަ ނުވާކަމަށް އީސީން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ބުނެފައިވެއެވެ. އަދި އެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރުން ތާއީދު ކުރައްވާފައިވެއެވެ.

އެހެންކަމުން، ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) އަދި (ޅ) ގައި ބަޔާންކުރާ ޝަރުތު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކިބައިގައި ފުރިހަމަ ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ ވަނީ ހުކުމް ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top