ބ. އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ބ.އަތޮޅުގެ ޤުރުއާން މުބާރާތުން މިއަހަރުވެސް ތުޅާދޫ ކައުންސިލް އެއްވަނަ ހޯދައިފި އެވެ. މިމޮޅާއެކު މި މުބާރާތް ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބު ކުރުމުގެ ފަޚްރުވެރި ރީތިނަމާއެކު މުބާރާތުގެ ތަށި މިލްކުކުރި ފުރަތަމަ ރަށުގެ މަގާމުވެސް ވެސް ތުޅަދޫ އަސް ލިބުގެން ދިޔައީއެވެ.
ބ. އަތޮޅުގެ ބާރަ ރަށަކުން ޖުމްލަ 200 ބައިވެރިންނާއެކު އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ ދެ ގޮފިން ތުޅާދޫ އެއްވަނަ ހޯދާފައިވާއިރު، ހިތުން ކިޔެވުމުގެ ބައިން ދެވަނަ ހޯދާފައިވަނީ އޭދަފުށި ކައުންސިލުންނެވެ. މިގްރޫޕުން ތިންވަނަ ލިބުނީ ކެންދު އަށެވެ.
މުބާރާތުގެ ފޮތުން ކިޔެވުމުގެ ބައިން ދެވަނަ ހޯދީ ކުޑަރިކިލު ކައުންސިލުންނެވެ. މި ގްރޫޕުން ތިންވަނަ ލިބުނީ އޭދަފުއްޓަށެވެ.
މުޅި މުބާރާތުގެ ފޮތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައި ވަނީ މާޅޮހު ކައުންސިލުގެ އާޔާ ބިންތު އިބްރާހީމް އެވެ. ހިތުން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ ލިބުނީ ތުޅާދޫ ކައުންސިލުގެ ޒައުލް ބިން ޝާމިން ޙުސައިން އަށެވެ.
މި މުބާރާތުގައި ކީސްޓޭޖްތައް ވަކިކޮށް ވެސް ވަނަތައް ހޮވައި އިނާމު ދީފައިވެ އެވެ.
އަތޮޅު ގުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މުޅި މުބާރާތުން ވަނަތައް ހޯދި ކައުންސިލްތަކަށް ޓްރޮފީ ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރެވެ.