ސިއްހީ ޚިދުމަތް ދޭން ގެންގުޅޭ ބައެއް ތަކެތި ބ.އަތޮޅު ހޮސްޕިޓަލަށް ހަދިޔާކޮށްފި

cfc10697-7715-447b-af70-e627d9ccfa12.jpeg

ސިއްހީ ޚިދުމަތްދޭ ތަންތަނަށް ހަދިޔާކުރި ތަކެތި

ސިއްހީ ޚިދުމަތް ދޭން ގެންގުޅޭ ބައެއް ތަކެތި، ހެލްތު މިނިސްޓްރީން ބ.އަތޮޅު ހޮސްޕިޓަލަށް ހަދިޔާ ކޮށްފި އެވެ.

މިތަކެތި ހަދިޔާ ކޮށްފައި މިވަނީ ސިއްހީ ޚިދުމަތް ދޭން ބޭނުންވާ ބައެއް ތަކެތި ނުފޮނުވާތާ 13 ވަރަކަށް އަހަރު ފަހުންނެވެ.

ބ.އަތޮޅު ހޮސްޕިޓަލް ހިމެނޭ ގޮތަށް ރާއްޖޭގެ 15 އަތޮޅެއްގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ މިފަދަ ބައެއް ސާމާނުވެސް ހެލްތު މިނިސްޓްރީން ވަނީ ހަދިޔާ ކޮށްފަ އެވެ.

ހަދިޔާކުރި ސާމާނުގެ ތެރޭގައި، ޑްރެސިން ސެޓް، ބޭބީ ސެޓް، ޑެލިވަރީ ސެޓް، ޝޭޗާ ސެޓް، އިންސިސަން އެންޑް ޑްރެއިނޭޖް ސެޓް، އަދި އާޓިކަލް ފޯ ޑްރެސީން ރޫމް ސެޓް ހިމެނެ އެވެ.

މި ތަކެތި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާ ހަވާލުކޮށް ދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

މިނިސްޓަރު ވިދާޅުވީ މި ތަކެތި ލިބުމުން ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ޚިދުމަތްތައް އަވަސްވެ، ބޮޑުތަނުން ލުއި ފަސޭހަވެގެން ދާނެ ކަމަށެވެ.

”ސިއްހީ ޚިދުމަތްތެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ތަކެތި ނެތި، ތަކެތި ހަލާކުވެ، ދަބަރު ޖަހާފައި ހުންނަކަމުގެ ޝަކުވާ،” އަދި ބޭނުންވާ ވަރަށް އެއްޗެހިވެސް ނުހުންނަނީ. އެވެސް ވަރަށް އުނދަގޫވާ ކަމެއް. ޚިދުމަތް ދޭން ތިބޭ މީހުންނަށް ވެސް އެންމެ ބޭނުންވާ ގޮތަށް އެކަން ނުކުރެވޭ އޭރުން.“ނަސީމްވިދާޅުވިއެވެ.

ތަކެތި ހަދިޔާކުުރި ތަންތަނަށް ހަދިޔާކުރި ސާމާނު އެންމެ ފަހުން އެތަންތަނުގައި އާކުރީ މީގެ 13 އަހަރު ކުރިންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top