ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފި

WhatsApp-Image-2023-05-18-at-13.36.42-1.jpeg

ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުން .

ބ.ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން މިމމަސައްކަތް ހަވާލު ކުރީ އެމް.ޓީ.ހޯގާޑް ކުންފުންޏާއެވެ.

އެ ކުންފުންޏަށް މަސައްކަތް ހަވާލު ކޮށްފައިވަނީ 6 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް 15.6 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން ރަށުގެ ދެކުނު ފަރާތުގައި 548 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ގާއިމް ކުރުމާއި ގޮނޑުދޮށް ޕްރޮފައިލްކޮށް ވެލިއެޅުމުގެ މަސައްކަތް ކުރެވޭނެއެވެ.

އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނެފައިވަނީ ކިހާދޫ އަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ، މި މަޝްރޫގެ ދަށުން ހައްލު ކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top