ގޮއިދޫ ބައިބަލާ ޗެންޕިއަންކަން ޑާކް ސިޓީ ހޯދައިފި

goidhoo.jpg

ބައިބަލާ މުބާރާތުގެ ޗެންޕިއަން ޓީމަށް މޭޔަރު ޝިފާ ޓްރޮފީ ހަވާލުކޮށްދެއްވަނީ / ފޯޓޯ: އަހްމަދު ރިޔާޒު

ބ. ގޮއިދޫން އަހްމަދު ރިޔާޒު

އަޟްހާ އީދާ ގުޅިގެން ބ. ގޮއިދޫގައި ކުރިޔަށްދިޔަ އެންމެ ފޯރިގަދަ މުބާރާތްކަމުގައިވާ ގޮއިދޫ ޔޫތު ސޮސައިޓި ބައިބަލާ މުބާރާތުގެ ޗެންޕިއަންކަން ޑާކް ސިޓީ ހޯދައިފިއެވެ.

ޖުމްލަ ފަސްޓީމު ބައިވެރިވި މިމުބާރާތުގެ ޗެންޕިއަންކަން ޑާކް ސިޓީ ޓީމުން ހޯދީ ރޭ އެރަށުގައި ކުޅެވުނު ފައިނަލް މެޗްގައި ދި ޕައިތަންސްއާ ބައްދަލުކޮށް ގަދަހިފުމަކަށް ގޮސްގެންނެވެ.

ޗެންޕިއަން ޓީމަށް 6000ރ ގެ ފައިސާގެ އިނާމާ ޓްރޮފީ ހުށައެޅުނު މިމުބާރާތުގެ ޝަރަފްވެރި މަގާމްތަކަށް އިނާމާ ޓްރޮފީހަވާލުކޮށްދެއްވީ މާލޭ ސިޓީގެ މޭޔަރ ޝިފާ މުހައްމަދެވެ.

ގޮއިދޫ ޔޫތު ސޮސައިޓީން މި އީދާ ގުޅިގެން ގޮއިދޫގައި ގިނަ ކުޅިވަރުތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެޖަމްއިއްޔާއިން ބުނީ އަންނަ އަހަރުވެސް ކުޅިވަރުތައް ބޭއްވުމަށް ވިސްނަމުންދާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top