ސައޫދީގައި އަންހެނުން ފުރަތަމަފަހަރު ވޯޓްލުމަށް ތައްޔާރުވަނީ

saudi-vote-lun.jpg

2011ވަނައަހަރު މިހާރުގެ ސައޫދީ ރަސްގެފާނު އަބްދުﷲ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ސިޔާސީ ކަންކަމުގައި އަންހެނުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާއެކު އަންނަ ޑިސެމްބަރުމަހު އޮންނަ މުނިސިޕަލްކައުންސިލް އިންތިޚާބުގައި ފުރަތަމަފަހަރަށް އަންހެނުންވޯޓްލާނެއެވެ. އެހެންކަމުން މިފަހަރުގެ ވޯޓްލުން އެހެން ފަހަރުތަކާވަރަށް ތަފާތުވާނޭކަމަށް ސައޫދީ ގެޒެޓްގައިވެއެވެ. މީގެ ކުރިން ސައޫދީގައި އިންތިޚާބުތަކުގައި ވާދަކުރަނީ ހަމައެކަނި ފިރިހެނުންކަމުގައި ވިޔަސް މިފަހަރުގެ އިންތިޚާބުގައި އަލަށް އަންހެނުން ވާދަކުރެއެވެ.  ވޯޓްލުމުގައިވެސް އަންހެނުން ބައިވެރިވެއެވެ.

އިންތިޚާބު ކާމިޔާބުކުރުމުގެ ގޮތުން ކުރިމަތިލާފައިވާ އަންހެން ކެންޑިޑޭޓުން ދަނީ ބޮޑެތިރެލީތައް ބާއްވަމުން ކެމްޕޭންގެ ފޯރިވެސް ގަދަކުރަމުންނެވެ.

މި އިންތިޚާބުގައިވޯޓްލުމަށް ރަޖިސްޓްރީ ކރުމަށް މިހާރުވަނީ ހުޅުވާލާފައެވެ.

“މިއީ އަހަރެމެންނަށް ވަރަށް އާކަމެއް . އަހަންނަށް ހީވަނީ ގައުމު ހިންގުމުގައި އަންހެނުންގެ ބައިވެރިވުން އޮތުމަކީވެސް ބޭނުންތެރިކަމެއްހެން. އެހެންވީމާ މިފަދަ ފުރުސަތެއް ލިބުނީތީވެ މިހުރީ ވަރަށް އުފަލުން.” ސައޫދީ އަންހެނަކު ބުންޏެވެ.

ސައޫދީ ގެޒެޓްގައި ވާގޮތުން އޮގަސްޓް22 ގައި ވޯޓްލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ކެންޑިޑޭޓުން ރަޖިސްޓްރީކުރުން 30 ވަނަދުވަހު ހުޅުވާލާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top