ބ.އަތޮޅު ކައުންސިލްގެ މިއަހަރުގެ ޤުރުއާން މުބާރާތް ފެށުން މިރޭ

048731097de322302aff7e52151c991d_XL.jpg

ބ. އަތޮޅު ކައުންސިލްގެ ފަރާތުން 1436ވަނަ އަހަރު ބޭއްވީ ޤުރުއާން މުބާރާތް . ފޮޓޯ : ބ.އަތޮޅު ކައުންސިލް

މުޅި އަތޮޅަށް ހުޅުވާލައިގެން ބ.އަތޮޅު ކައުންސިލްގެ ފަރާތުން ބާއްވާ ޤުރުއާން މުބާރާތް މިރޭ ފަށާނެކަމަށް އަތޮޅު ކައުންސިލުން ބުނެފިއެވެ.

މި މުބާރާތް ބޭއްވުމުގެ މަގްސަދެއްކަމުގައި އަތޮޅު ކައުންސިލުން ބުނީ ޤުރުއާންކިޔެވުމުގެ ޤައުމީ މުބާރާތުގައި އަތޮޅު ތަމްސީލު ކުރާނޭ ކުދިން ހޮވުން ކަމުގައެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި އޮންނަ މި މުބާރާތާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް މުހައްމަދު އާދިލު ވިދާޅުވީ މިމުބާރާތަށް ކުދިން ހޮވާފައިވަނީ ރަށްރަށުގެ ކައުންސިލުތަކުން ބޭއްވި ގުރުއާން މުބާރާތްތަކުން ކަމަށާއި  މުބާރާތުގައި އަތޮޅުގެ ހަ ރަށަކުން 31 ދަރިވަރުން ވާދަކުރާނެ ކަމުގައެވެ.  މިއަދަދު މިދިޔަ އަހަރަށް ވުރެ މަދުކަން ފާހަގަކުރައްވަމުން އާދިލު ވިދާޅުވީ އަދަދު މަދުވާން ދިމާވި މައިގަނޑު ސަބަބަކީ މުޤައްރަރަށް އައި ބޮޑު ބަދަލުން ކަމުގައި ލަފާކުރެވޭ ކަމަށެވެ. އެހެންނަމަވެސް އެބަދަލުތަކަކީ ކޮބައިކަން އާދިލު ވިދާޅެއް ނުވެއެވެ.

މި މަހުގެ 27ގެ ނިޔަލަށް  ކުރިއަށް ގެންދިއުމަށް ނިންމމާފައިވާ މި މުބާރާތުގައި ވާދަކުރާނީ ރަށްރަށުގެ ކައުންސިލުތަކުން ބޭއްވި މުބާރާތްތަކުން 75 އިންސައްތައަށްވުރެ މަތިން ނަތީޖާ ހޯދިކުދިންނެވެ.

މުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ ހިތާދޫ، ތުޅާދޫ، ކެންދޫ، ދޮންފަނު، ކިހާދޫ އަދި އޭދަފުށިންނެވެ.

މި މުބާރާތް ހިނގަމުންދާ ވަގުތު ބ.އަތޮޅު ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވް ކުރަމުން ގެންދާނެކަމަށް އަތޮޅު ކައުންސިލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top