އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ސީޖީއެމްގެ ހަރަކާތެއް އޭދަފުށީގައި

img_md_202203060114591646554499.7355-2.png

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) އިން  އޭދަފުށީގައި ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

މިއީ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 11އާއި 12 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކެއްކުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޝެފުންނާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ސީޖީއެމްއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ދަރިވަރުންނަށް މައުލޫމާތު ދެމުން ޝެފް އިސްހާގު ސޯލިހު ވިދާޅުވީ، ރާއްޖޭގެ ގިނަ ރިސޯޓު ތަކާއި ހޮޓާތަކުގައި ޝެފުންގެ ގޮތުގައި މަސައްކަތް ކުރަނީ ބިދޭސީން ކަމަށާއި، ނަމަވެސް މިއީ ދިވެހިންނަށްވެސް ކުރެވިދާނެ އަދި ކުރިއެރުމާއި  ފުރުސަތުތަކެއް ހުރި ދާއިރާއެއް ކަމަށެވެ.

މި ދާއިރާގައި ބިދޭސީން ހަރަކާތްތެރިވުމަކީ ރާއްޖެއިން ގިނަ އަދަދަކަށް ބޭރު ފައިސާ ބޭރުވެގެން ދާ ކަމެއްކަން ފާހަގަކުރައްވައި އިސްހާގު ވިދާޅުވީ ދިވެހިން މި ފަންނުގެ ހުނަރުތައް ދަސްކޮށް ދާއިރާއަށް ނުކުތުމަކީ ގައުމުގެ އިގްތިސާދަށްވެސް ހެޔޮ ނަފާކުރާނެ ކަމެއް ކަމަށެވެ.

އެގޮތުން ރާއްޖޭގެ އެކި ރިސޯޓުތަކުގައިވެސް ޝެފުންނަށް ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށާއި، ދާއިރާއަށް ޝައުގުވެރިވާ ކުދީން މިދާއިރާއިން ކުރިއަށް ދިއުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ މި ދަރިވަރުންނަށް މިކަމާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގައި މިދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ސީޖީއެމްގެ ޓީމުގެ 7 ޝެފުން ހިމެނެއެވެ.

މި ހަރަކާތުގައި ޖުމްލަ 64 ދަރިވަރުން ބައިވެރިވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top