ނާވައިދޫ އަތުން އޭދަފުށި ސަލާމަތްވީ ކިިރިޔާ

viber_image_2019-10-14_12-55-14.jpg

ރޭ ކުޅުނު މެޗުގެ ތެރެއިން

ގޯލްޑަން ފުޓްސެލް ޗެލެންޖް ގައި ރޭ ހދ.ނާވައިދޫ އާ ވާދަކުރި މެޗުން އޭދަފުށި ކިރިޔާ ސަލާމަތްވެ ހަނި ގޮތަކުން މޮޅުވެއްޖެ އެވެ. މިމެޗު ނިމުނު އިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން ޕެނަލްޓީ ޖަހައިގެން އޭދަފުށި، މެޗު ކާމިޔާބު ކޮށްފައިވަނީ 1-2 އިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ.. އޭދަފުށި ޓީމަށް އެންމެ ރަނގަޅު ފުރުސަތެއް ފަހިވީ އުނައިސް އަށެވެ. ފުރަތަމަ ހާފްގައި އުނައިސް، އިދިކޮޅު ކީޕަރުގެ ބޯމަތިން ހިއްލާލި ބޯޅަ ގޯލް ތެރެއަށް ވަންނަނިކޮށް ނާވައިދޫ ކުޅުންތެރިޔާ، ގޯލްގެ ލައިން މަތިން ބޭރު ކޮށްލީއެވެ.

ރޭގެ މެޗަށް އޭދަފުށި ޓީމް ނިކުތީ މި މުބާރާތުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ސޮބީއާ ނުލައެވެ..

އޭދަފުށި ޓީމުން ހަމްދާން ޖެހި ފުރަތަމަ ޕެނަލްޓީ ނާވައިދޫގެ ކީޕަރު ވަނީ މަތަކޮއްފައެވެ. ނާވައިދޫގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބު ކުރި ނަމަވެސް އިތުރު ޕެނަލްޓީއެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އޭދަފުށީ ޓީމުން ސެންޓޭ އާއި އުނައިސް ޖެހި ފެނަލްޓީ ވަނީ ގޯލްތެރެއަށް ވައްދާލާފަ އެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނީ އަލީ ފާސިރު[ސެންޓޭ] އެވެ.
އޭދަފުށީގެ މެޗެއް ދެން އޮންނާނީ މާދަރޭ 8.15 ގައެވެ. ބައްދަލު ކުރާނީ އިނގުރައިދޫ އާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top