ކޮވިޑްގެ ހާލަތު ރަނގަޅުނުވެ އޭދަފުށިން އިތުރު 13 މީހުން ފައްސިވެއްޖެ

DSCN9874.jpg

އޭދަފުށި---އީވީ ފޮޓޯ

ކޮވިޑް ގެ ހާލަތު ރަނގަޅުވުމުގެ އަލާމާތެއް ނުފެނި އޭދަފުށީގައި އަލަށް އަނެއްކާވެސް 13 މީހަކު ކޮވިޑް އަށް ފައްސިވެއްޖެ އެވެ

ބ.އަތޮޅު ހޮސްޕިޓަލުން ކޮންމެ ރެއަކު އާއްމު ކުރަމުން ގެންދާ ކޮވިޑްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އަލަށް 13 މީހުން ކޮވިޑް 19 އަށް ފައްސިވެފައިވާ އިރު އޭގެ ތެރޭގައި ހިމެނޭ 12 މީހުންނަކީ ގާތުން ބައްދަލު ވެފައިވާ މީހުންނެވެ. ފައްސިވެފައިވާ އިތުރު މީހަކީ ރޯގާގެ އަލާމާތްތައް ފެނިގެން ފުލޫ ކްލިނިކަށް ދައްކަން އައި މީހެކެވެ.

ނަތީޖާތަކަށް ބަލާއިރު މިހާތަނަށް އޭދަފުށިގައި ފައްސިވެފައިވާ މީހުންގެ އަދަދު 187 ގައި ހުރިއިރު އިއްޔެގެ ނިޔަލަށް 97 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހަތާނަށް އެރަށުން 1،329 ސުންކު ނަގާފައިވާއިރު، އޭގެ ތެރެއިން 1،085 މީހަކު ވަނީ ފައްސިވެފައެވެ. އަދި 57 ސުންކެއްގެ ނަތީޖާ އަދި ލިބިފައެއް ނުވާ ކަމަށް އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

އޭދަފުށިގައި ކޮވިޑް ހާލަތު ގޯސްވެ މޮނިޓަރިންގައި އޮއްވާ މީގެ ދެ ދުވަސް ކުރިން ވަނީ ސިއްހީ ނުރައްކަލުގެ ކާފިއު ހިންގާފައެވެ. ކާފިއު ހިންގާފައިވަނީ ހަވީރު 4 އިން ފެށިގެން ފަތިހު 4 އާދެމެދުއެވެ.

ފަހަކަށް އައިސް އަތޮޅުތެރެއިން ގިނަ ރަށްތަކެއްގައި އަންނަނީ ކޮވިޑް ފެތުރެމުންނެވެ. ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވަމުން ދިޔަ ނަމަވެސް އަދިވެސް ގިނަ އަތޮޅުތަކުގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ ވަސީލަތްތަކެއް ނެތެވެ. އެހެންކަމުން ގިނަ ރަށްތަކުން ކޮވިޑަށް ޓެސްޓް ކުރަން ސާމްޕަލްތައް ފޮނުވަނީ މާލެ އަށެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top