އަދަދުތައް ދަށަށް ނުދާނަމަ މާލެސިޓީ ލޮކްޑައުން އަށް ދާން ޖެހިދާނެ: އެޗްއީއޯސީ

9fc6a99e-36b7-4e82-ab6f-20cbb4da5c3a-p6vjucvm5neap63k8zrjpklyv7r096vf1p9w5hw8t0.jpg

މާލެ ސިޓީގައި ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ދަށަށް ނުދާނަމަ މާލެސިޓީ ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫއްޕު (ޓެގް) ޓީމުން ބުނެފި އެވެ.

ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ޕޮޒިޓިވްވާ މީހުންނާއި ހާލު ބޮޑުވެގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.

މާލެ ސަރަހައްދުން އެކަނި ދުވާލަކު 400 އާއި 500 އާ ދެމެދުގެ އަދަދަކަށް ބައެއް ދުވަސް ދުވަހު ޕޮޒިޓިވް ނަންބަރުތައް ހުންނަކަން ފާހަގަ ކުރައްވައި ޑރ.ޝަހީދު ވިދާޅުވީ ހަފްތާއެއްގެ ތެރޭގައި 3،000 މީހުން ޕޮޒިޓިވްވަމުންދާއިރު ކުރީ ހަފްތާތަކާއި ބަލާއިރު މިހާރު ޕޮޒިޓިވް ނަންބަރު ހުރީ 75 ޕަސެންޓް މަތީގައި ކަމަށެވެ.

އެހެންކަމުން ރާއްޖޭ މިހާރު މިއޮތީ އިތުރު ފިޔަވަޅު އަޅަން ޖެހޭފަދަ ހާލަތެއްގައި ކަމަށް ޑރ.ވިދާޅުވިއެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވާމީހުންގެ އަދަދު ދަށްކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ނަތީޖާ ނުނިކުންނަ ނަމަ ލޮކްޑައުންއަކަށް ދިއުން އެއީ އެކަށީގެންވާ ކަމެއް ކަމަށް ޝަހީދު ވިދާޅުވިއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މުޅި ރާއްޖެއިން ނެގުނު 4014 ސާމްޕަލްގެ ތެރެއިން 590 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top