ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ސާބިތުވެއްޖެ

JSC-Maldives-750x375.jpg

ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، ފިޔަވަޅު އަޅަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ބ އަތޮޅު ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ލަތީފު ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ގޯތިތެރެއަށް ހުއްދަ ނެތި ވަދެ، ހުއްދަ ހޯދައިގެން މެނުވީ ކޮށްގެން ނުވާނޭ ފަދަ ކަމެއް ކޮށްފައިވާކަން ސާބިތު ވެފައިވާކަމަށެވެ.

އެނގިފައިވާ ގޮތުގައި، ލަތީފް އޭދަފުށީ މެޖިސްޓްރޭޓު ކޯޓުގެ ގޯތިތެރެއަށް ހުއްދަ ނެތި ވަދެ އެ ތަނަށް ވަނީ ފެން އަޅައިފަ އެވެ. އަދި އެކަން ކުރީ، އޭނާގެ މައްޗަށް ހަދާފައިވާ ކަމަށް ބުނާ ސިހުރެއް ބާތިލު ކުރުމަށް ކަމަށް ވެ އެވެ.

އެހެންކަމުން އަހްމަދު ލަތީފުގެ އެ އަމަލަކީ ގާނޫނު އަސާސީގެ 142 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރާއި،(9) ވަނަ ނަންބަރާއި، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.7 އާއި، 1.8 އާއި، 2.2 އާއި، 3.1 ވަނަ ނަންބަރާ ޚިލާފު ޢަމަލެއް ކަމަށް ޖޭއެސްސީން ބުނެއެވެ.

ވީމާ އަހްމަދު ލަތީފަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް، 21 ޖޫން 1212 ވަނަ ދުވަހު ބޭއްވުނު ޖޭއެސްސީގެ މި އަހަރުގެ 44 ވަނަ ޖަލްސާގައި ނިންމާފައިވާކަމަށް ވެސް މިކަމާގުޅިގެން އެކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top