އަލަށް އުފަންވާ ކުދިން ހަތްދުވަހު ތެރޭގައި ރަޖިސްޓަރީ ނުކޮށްފިނަމަ ބޮޑު ޖުރުމަނާއެއް

newborn.jpg

އަލަށް އުފަންވާ ކުދިން ހަތްދުވަހުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށްފިނަމަ 10،000 ރުފިޔާ އިން ޖޫރިމަނާ ކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި “އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ” ބިލުގައި ބުނެފައި ވަނީ ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކުވެސް އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ރަށެއްގެ ކައުންސިލަކަށް ނުވަތަ ސިޓީ ކައުންސިލަކަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ކުއްޖާ ރަޖިސްޓްރީ ކުރުން ކަމަށް ބެލެވޭނީ ފޫޅުމާ ފޯމު ފުރާ އެ ފޯމު ހުށަހެޅުމުން ކަމަށް ބިލުގައިވެއެވެ.

ރާއްޖޭގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް ރާއްޖޭން ބޭރުގައި ވިހާ ކުދިން، ރާއްޖެއަށް އެނބުރި އަންނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހެއެވެ. ރާއްޖޭން ބޭރުގައި އުފަންވާ ކުއްޖަކީ، ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް އުފަންވާ ކުއްޖެއްނަމަ، އެ ކުއްޖާ އުފަންވި ގައުމުގައި އުފަންވުން ރަޖިސްޓްރީ ކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރުމަށްޓަކައި ހުށަހަޅަންޖެހޭނެ ކަމަށް ވެސް ބިލުގައިވެއެވެ،

ބިލުގައި ބުނެފައި ވަނީ ރާއްޖޭގައި ވެސް އަދި ރާއްޖެއިން ބޭރުގައި ވެސް އުފަންވާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ކުއްޖެއްގެ އުފަން ދުވަހުގެ ސެޓްފިކެޓު ހައްދަން ރަށް ނޫނީ ސިޓީ ކައުންސިލަކަށް ހުށަހަޅަން ވާނެ ކަމަށެވެ.

އެހެންކަމުން ބިލުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށްފި ނަމަ 10،000 ރުފިޔާ އިން ޖޫރިމަނާ ވާނެ ކަމަށް ބިލުގައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top