ނޫސްވެރިންނަށް މަލާމާތްކޮށް ހަޖޫ ނުޖަހަމާތޯ؟ އެއީ ގައުމީ ޚިދުމަތެއް: އަޝްރަފް

large_149199939365Xacj.jpg

ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ --- ސަން ފައިލް ފޮޓޯ

ނޫސްވެރިން އެކުރަނީ ވަރަށް ބޮޑު ގައުމީ ޚިދުމަތެއް ކަމަށާއި އެމީހުންނަށް މަލާމާތާއި ހަޖޫ ނުޖެހުމަށް ދިވެހިބަހުގެ އެކަޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެއްޖެއެވެ.

ދިވެހި ނޫސްތަކުންނާއި ޓީވީ ރޭޑިޔޯތަކުން ޚަބަރުތައް ވަގުތުން ވަގުތަށް ފަތުރުއްވަމުން، ނޫސްވެރިން އެ ކުރައްވަނީ ވަރަށް ބޮޑު ގައުމީ ޚިދުމަތެއް ކަމަށް ފާހަގަ ކުރައްވައި އަޝްރަފް ގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިބަހުން މައުލޫމާތު ފެތުރުއްވުމުގައި އެތައް ސަތޭކަ ނޫސްވެރިންނެއް ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެބަ ތިއްބެވި ކަމަށެވެ. އަދި ނޫސްވެރިން ރެޔާއިދުވާލު އެ ތިއްބަވަނީ ޚަބަރާއި މައުލޫމާތުގެ ލިޔުންތައް ލިޔުއްވައި އާންމުކުރެއްވުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް ގައުމާއި ދުނިޔެ އަޅުގަނޑުމެންގެ އިނިގިލިކުރިތަކާއި ލޮލުގެ ކުރިމައްޗަށް ކުޑަ ހިނދުކޮޅެއްގެ ތެރޭ އެ ގެނެސް ދައްކަވައި ދެއްވަނީ ނޫސްވެރިން.” އަޝްރަފް ލިޔުއްވާފައި ވެއެވެ.

އަޝްރަފް ވިދާޅުވީ، ނޫސްވެރިންގެ ބުރަ އަދި ބަރު މަސައްކަތުގެ އަގު ވަޒަންކޮށް ޝުކުރިއްޔާ އަދާކުރުމުގެ ބަދަލުގައި، ލިޔުމެއްގައި ނުވަތަ ޚަބަރެއްްގައި އޮންނަ އަތު ކުށެއްް، ނުވަތަ ލިޔާ ކުރު ކުށެއްް، ނުވަތަ ކުށް ލަފުޒެއް ނަގައިގެން މީސްމީޑިޔާގެ އެކިއެކި މަންސަ ތަކުގައި ނޫސްވެރިންނަށް މަލާމާތް ނުކުރުމަށެވެ.

“އޭގެ ބަދަލުގައި އެ ފަދަ ކަންކަމުގެ ހެޔޮ ގޮތް ފަތުރައި އާންމު ކުރާ ބަޔަކަށް އަޅުގަނޑުމެން ވަމާތޯ!” އަޝްރަފްގެ ޕޯސްޓަގައި ވެއެވެ.

އަޝްރަފް ވިދާޅުވީ، އޭރުން ނޫސްވެރިންނަކީ ވެސް ދިވެހިބަސް ކުރިއަރާވެ ބަޔަކަށް ވާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top