އިމްތިހާނު ކެންސަލް ކުރަން ގޮވާލައި ބެލެނިވެރިން އިހުތިޖާޖު ކުރަނީ !

big_mEUASd6m6tqCCeR7isV36a9A2.jpeg

އިމްތިހާނު ކެންސަލް ކުރުމަށް ގޮވާލައި ބެލނިވެރިން ކުރަމުން އަންނަ މުޒާހަރާ ---ފޮޓޯ އަވަސް

މިހާރު ކުރިއަށްދާ އެޑެކްސެލް އޭލެވެލް އިމްތިހާނުގެ ޕޭޕަރުތައް ލީކުވެފައިވަނިކޮށް އިމްތިހާނު ކުރިއަށްގެންދާތީ ބެލެނިވެރިން އިހުތިޖާޖު ކުރަން ފަށައިފި އެވެ.

އިހުތިޖާޖް ކުރަމުން ގެންދަނީ އެޑިޔުކޭޝަން މިނިސްޓްރީ ހިންގާ ވެލާނާގެ ކުރިމަތީގައެވެ.

އޭލެވެލް އިމްތިހާނުގެ ޕޭޕަރުތައް ކޮންމެ ދުވަހަކު ދަނީ ލީކް ކުރަމުންނެވެ. އެގޮތުން މިއަދު 1:30 ގައި ބާއްވަން ހަމަޖެހިފައިވާ ކެމިސްޓްރީ ޔުނިޓް ދެވަނަ ކަރުދާސް މިއަދު ހެނދުނު ވަނީ ލީކުކޮށްލާފަ އެވެ. ވަކި ވަކި މާއްދާތަކުގެ އިމްތިހާން ކަރުދާސް ލީކު ކުރަމުން އަންނަނީ އެ މާއްދާ އޮންނަ ދުވަސްތަކުގަ އެވެ.

އޭލެވެލް އިމްތިހާންގެ ޕޭޕަރުތައް ލީކް ވަމުންދާ މައްސަލާގައި މީޑިއާ އާ ވާހަކަ ދެއްކި ބައެއް ބެލެނިވެރިން ބުނީ މިހާރު ދަރިވަރުން ހަދަމުން އެދަނީ އިމްތިހާނެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި ޕޭޕަރުތައް ލީކްވާ މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީން މާބޮޑަށް ކަންބޮޑުވެގެން އެ މައްސަލަ ބަލަން އުޅޭ މަންޒަރު ވެސް ނުފެންނަ ކަމަށެވެ.

އަދި މިއީ އިންސާފުވެރި އިމްތިހާނެއް ކަމަށް މިހާރު ބެލެވެން ނެތުމުންނާއި ދަރިވަރުންގެ މުސްތަގްބަލާ ގުޅިފައިވާ ކަމެއް ކަމަށް ވާތީ އިމްތިހާން ކެންސަލްކޮށް ދިނުމަށް ވެސް ބެލެނިވެރިން ވަނީ މިނިސްޓްރީ އަށް ގޮވާލާފަ އެވެ.

މިހާރު ކުރަމުންދާ އިހުތިޖާޖުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިސްތިއުފާ ދެއްވުމަށް ވެސް ބެލެނިވެރިން އަންނަނީ ގޮވާލަމުންނެވެ.

ޕޭޕަރުތައް ލީކްވާ މައްސަލައާއި ގުޅިގެން ޑިޕާޓްމަންޓް އޮޕް ޕަބްލިކް އެގްޒަމިނޭޝަނާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ ޕޭޕަރުތައް ލީކްވާ މައްސަލާގައި ކަމާ ބެހޭ ފަރާތްތަކާއި އެކު މަޝްވަރާ ތަކެއް ކުރަމުންދާ ކަމަށާއި އެހެންވެ މިވަގުތު ވަކި އެއްޗެއް އެކަމުގައި ބުނަން ދަތި ކަމަށެވެ.

އިމްތިހާނުގެ ޕޭޕަރުތައް ލީކުވަމުންދާ މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ އިމްތިހާނުގެ ބައެއް ޕޭޕަރުތައް ލީކުވި ނަމަވެސް އެޑެކްސެލް އިން ވަކި ގޮތަކަށް އަންގަންދެން ތާވަލު ކުރެވިފައިވާ ގޮތަށް އިމްތިހާނު ކުރިއަށް ގެންދާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top