ސައުދީގައި ތަރާވީހްނަމާދާއި ދަމުނަމާދު ކުރުކޮށް، އެއްކޮށް ކުރަން ފަށައިފި

img_md_202004260927291587875249.7498.jpg

ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ސައުދީއަރަބިއްޔާގައި މި ރަމަޟާން މަހުގެ ފަހު 10 އަކަށް ހާއްސަ ވެގެންވާ ޤިޔާމުއްލައިލް ނުވަތަ ދަމުނަމާދާއި ތަރާވީހް ނަމާދު ކުރުކޮށް، އެއްކޮށް ކުރަން ފަށައިފިއެވެ.

ތަރާވީހު ނަމާދާއި ދަމު ނަމާދު ކުރުކޮށް، އެއްކޮށް ކުރަނީ އިޝާ ނަމާދަށް ފަހުގައި ކަމަށާ، ސައުދީ އަރަބިއްޔާގެ ހުރިހާ ސަރަހައްދެއްގައިވެސް މި ރޯދަމަހު ފަހު 10 އެއްގައި މިކަން ކުރިއަށް ދާނީ މިގޮތަށް ކަމަށް ނޫސްތަކުން ރިޕޯޓް ކުރެއެވެ.

މި އުސޫލުން މިސްކިތްތަކުގައި ރޭ އަޅުކަން ކުރިއަށް ގެންދިއުމުގެ ކަންކަން ހަމަޖައްސާފައި ވަނީ ސައުދީގެ މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ކޯލް އެންޑް ގައިޑަންސް، ޝައިހް ޢަބްދުލްލަޠީފް އަލް-ޝައިހު އާންމު ކުރެއްވި ސާކިއުލާއަކާ ގުޅިގެންނެވެ.

މި ސާކިއުލާގައި ވަޒީރު ވިދާޅުވެފައި ވަނީ، މިފަދަ ނިންމުމެއް ނިންމާފައި ވަނީ ސިއްހަތާ ބެހޭ ވަޒީރުގެ ޓެލެގްރާމަކާ ގުޅިގެން ކަމަށެވެ. އަދި މިކަން ކޮށްފައިވަނީ، ކޮވިޑުން ދިފާއުވުމާ، ރައްކާތެރިވާނެ ގޮތްތައް ބެލުމަށް ހާއްސަ ކޮށްފައިވާ ކޮމިޓީގެ ލަފަޔާ އެކުގައި ކަމަށެވެ.

ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، އިޝާ ނަމާ ވިދިގެން ފަހު 10ގެ ހާއްސަ ރޭ އަޅުކަން ކުރިއަށްދާއިރު، 30 މިނިޓަށްވުރެ އިތުރު ނުވާނެ ފަދަ އުސޫލަކުން އަޅުކަން ކުރިއަށް ގެންދިއުމަށް އިރުޝާދު ދީފައެވެ.

ސައުދީގެ ރަސްގެފާނު ސަލްމާން ވެސް ވަނީ މަސްޖިދު އަލް-ޙަރަމް އަދި މަސްޖިދު އަލް-ނަބަވީގައި ތަރާވީހް ނަމާދު ކުރުކުރުމަށް އަމުރު ކުރައްވާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top