އިތުރު 14 މީހަކު ޕޮޒިޓިވްވެ އޭދަފުށީގައި ކޮވިޑް ގެ އަދަދުތައް މައްޗަށް !

DSCN0023.jpg

އޭދަފުށި. -އީވީ ފޮޓޯ

އިތުރު 14 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ އޭދަފުށީގައި ކޮވިޑް އަދަދުތައް މައްޗަށް ދާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ބ.އަތޮޅު ހޮސްޕިޓަލުން އާއްމު ކުރާ ތަފާސް ހިސާބުތަކަށް ބަލާއިރު ރޭގެ 11 ޖެހުމާހަމައަށް 14 މީހުން ވަނީ އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެެވެ. އަދި ކޮންޓެކްޓް ޓްރޭސިން އާއި ރެންޑަމް ކޮށް ޖުމްލަ 1064 ސާމްޕަލް ނަގާފައިވާއިރު މިހާރު ވަނީ ހުރިހާ ސާމްޕަލެއްގެ ނަތީޖާވެސް ލިބިފަ އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި ކަމަށް ބެލެވިގެން ޓެސްޓް ހެދި މީހުން ކަމަށެވެ.

ތިން ހާހަށްވުރެ ބޮޑު އާބާދީއެއް އޮތް އޭދަފުށީގައި ކޮވިޑް ގެ ފުރަތަމަ ކޭސް ފެނިފައިވަނީ ނިމިދިޔަ އެޕްރީލް މަހުގެ 19ވަނަ ދުވަހު އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވަނީ ޖުމްލަ 160 މީހުންނަށް މިބަލި ޖެހިފައެވެ.

އިއްޔެ އަކީ ރާއްޖެއިން ކޮވިޑް ފެނުނު ފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. އެގޮތުން  508 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 276 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ. އަދި 185މީހުން ޕޮޒިޓިވްވީ އަތޮޅު ތެރެެއިންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top