އުނައިސް، އަލުން ހައްޔަރުކޮށް ސަރިޔަތް ނިމެންދެން ބަންދުކޮށްފި.

large_159292272728TyZ6.jpg

އުމުރުން 16 އަހަރުގެ ކުޑަ ކުއްޖަކަށް ބިރު ދައްކައިގެން އެކުއްޖާއާއި އާއިލާ ބްލެކްމެއިލްކޮށް، މާލެ ގެނެސް ރޭޕްކުރި މައްސަލައިގައި ތުހުމަތު ކުރެވިފައިވާ ބ.ތުޅާދޫ / ހިޔާވަހި، އުނައިސް އަހްމަދު (25އ)، ސަރިޔަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އުނައިސް އާމެދު މި އަމުރު ނެރެފައި ވަނީ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުގައި ހައްޔަރުކޮށް، އެ ކުށަށް ތުހުމަތުކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ވީ ނަމަވެސް، އޭނާ އިތުރަށް ބަންދުގައި ބެހެއްޓޭނެ ގާނޫނީ ހަމައެއް ނެތިގެން އިއްްޔެ ބަންދުން ދޫކޮށްލާފައި ވަނިކޮށެވެ.

މި މައްސަލައިގާ އޭނާ ހައްޔަރުކުރީ މިދިޔަ މޭ މަހުގެ 28 ވަނަ ދުވަހުއެވެ. ފުލުހުން ވަނީ އޭނާގެ ފޮޓޯއާއި ވަނަވަރުވެސް އާންމުކޮށްފައެވެ.

އުނައިސް އަހްމަދު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މި މައްސަލަ އަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކުށެއްކަމުގައި ނުވާތީ، މި ފަދަ މައްސަލަތަކުގައި ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 15 ދުވަސް ކަމަށް ދިވެހި ރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާއަކުން ކަނޑައަޅާފައިވާތީ، އިތުރަށް ބަންދުގައި ބެހެއްޓޭނެ ގާނޫނީ ހަމައެއް އޮތްކަމަށް ނުފެންނާތީ ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.

ފުލުހުން ބުނީ، އުނައިސް އަހްމަދުގެ މައްޗަށް ޝަޚްސު އޮޅުވާލައި މަކަރާއި ހީލަތް ހަދައިގެން ކުޑަކުއްޖަކު ގެނެސް އެ ކުއްޖާ ރޭޕްކޮށްފައިވާ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން، އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި އެގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތް އޮތްކަމަށް ފަޑިޔާރަށް ގަބޫލުކުރެވި، މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމައްޓަކައި އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މި މަހުގެ 10 ވަނަ ދުވަހުވެސް ވަނީ 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގެސްޓްހައުސް އަކަށް ގެންގޮސް ރޭޕް ކުރި މައްސަލައިގައި ތުހުމަތުވާ މީހާ ވެސް ސަރިއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވެނީ ހއ. ބާރަށު، ސިލްސިލާގޭ، އަނީސް ހިލްމީ، 38، އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top