ކެންދުއާއި ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީ އަށް

viber_image_2021-11-25_14-48-02-513.jpg

މިއަދުގެ ސޮއި ކުރެއްވުމުގެ ރަސްމިއަޔާތަށްފަހު ފޮޓޯ ހައުސިން މިނިސްޓްރީ

ބ.ކެންދު އާއި ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ ) އާއެކު މިއަދު ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރު ގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދުއެވެ. އެމްޓީސީސީ ގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެވަދައިގަތީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ.

މި މަޝްރޫއުގެ ދަށުން ކެންދޫގައި، ކެންދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި ސަތާރަ ބްރޭކްވޯޓަރ (ޖުމުލަ 803 މީޓަރު) ގާއިމްކުރުމާއި، ދެ ޕްރޮއިން (ޖުމުލަ 90 މީޓަރ) ގާއިމްކުރުމާއި، 80 މީޓަރގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމުގެ އިތުރުން ، 40×20 މީޓަރުގެ ސަރަޙައްދެއް ފުންކޮށް މޫދަށް އެރޭ ސަރަޙައްދެއް ތަރައްގީކުރުން ހިމެނެއެވެ. މަސައްކަތް ނިންމަން އެއްބަސްވެފައިވާ މުއްދަތަކީ އެއްއަހަރު ދުވަހެވެ.

މިމަސައްކަތުގެ އަގަކީ 39991000.54 ރުފިޔާއެވެ.

ދަރަވަންދޫގައި ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށްޓަކައި ހަތް ބްރޭކްވޯޓަރ (ޖުމުލަ 490 މީޓަރ) އަދި 96 މީޓަރުގެ ރިވެޓްމަންޓެއް ގާއިމްކުރަން ޖެހެއެވެ. އަދި އުތުރު ފަރާތު ގޮނޑުދޮށް ވެލިން މުއްސަނދި ކުރަން ޖެހެއެވެ.

180 ދުވަހުގެ ތެރޭ ނިންމަންޖެހޭ މިމަސައްކަތަށް އެއްބަސްވެފައިވާ އަގަކީ 22145859.20 ރުފިޔާއެވެ.

މި މަޝްރޫޢުތަކުގެ ދަށުން ކެންދު އާއި ދަރަވަންދުއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، މި ދެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެން ދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top