ދީނަށް ހަޖޫ ޖަހާ މީހަކަށް ލާދީނީ މީހެކޭ ބުނުން ކުށަކަށް ވެގެން ނުވާނެ: އަލީ ހުސެން

medium_45394.png

ކެންދޫ ދާއިރާގެ މެންބަރު އެމްޕީ އަލީ ހުސޭން.

މުސްލިމަކަށް ކާފަރެއްގެ ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ފާޑުވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހަޅާފައިވަނީ ބ. ހިތާދުއަށް ނިސްބަތްވާ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސޭނެވެ.

މި ބިލަށް ފާޑުވިދާޅުވެ އަލީ ހުސައިން ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިސްލާމްދީނަށް މަލާމާތްކޮށް ހަޖޫޖަހާ ފުރައްސާރަ ކުރާ މީހަކާ ދިމާލަށް ތިޔައީ އިސްލާމްދީނާއި ދެކޮޅު މީހެކޭ ބުނުމަކީ ޖިނާއީ ކުށަކަށް ވެގެން ނުވާނެ ކަމަށެވެ.

ހިސާން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުންވެސް ހިމެނެއެވެ.

އަދި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްކަމަށް ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމާއި، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްކަމަށް ތުހުމަތުކުރުން ވެސް ކުށަކަށް ހަދަން ވަނީ އިސްލާހު ހުށަހަޅާފައެވެ.

މުސްލިމަކަށް ކާފަރެއްގެ ތުހުމަތު ކުރުމަކީ ކުށެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން މަޖިލީހަށް ފޮނުވި މި ބިލާއެކު ގިނަ ދީނީ އިލްމުވެރިންނާއި ބައެއް އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރިންވެސް ހިމެނެއެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވީ ލާދީނީ، މިބަސް ރާއްޖޭގެ މާހައުލުގައި ބޭނުންކުރެވެނީ ކާފިރުކުރުމުގެ މާނައިގައި ނޫންކަމަށެވެ. އެއީ އިސްލާމީ އުސޫލުތަކާއި ހިލާފަށް ވާހަކަ ދައްކާ އުޅޭ މީހުންނަށް ނިސްބަތްކުރެވޭ ބަހެއް ކަމަށެވެ.

ޒައިދު ވިދާޅުވީ ވައްކަންކުރާ މީހުންނަށް ވަގޭ ކިޔާ އުސޫލުން، އިސްލާމްދީނުގައި ސާބިތު ހުކުމްތަކާއި ހިލާފަށް ވާހަކަދައްކާ މީހުންނަށް ކިޔަނީ “ލާދީނީ” ކަމަށެވެ. އަދި އެއީ ނަފްރަތު އުފެއްދުން ނޫންކަމަށާއި، އެކަން ނުހުއްޓުވޭނެކަމަށް ޒައިދު ވިދާޅުވިއެވެ.

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ ކޮންމެ ގޮތަކަށް ގާނޫނު ފާސްކުރި ނަމަވެސް ލާދީނީ މީހަކު އެއީ ދީނީ މީހަކަށް ނުވާނެކަމަށެވެ. އެފަދަ މީހުންގެ ނުރައްކާތެރިކަން ހާމަކޮށް ފާޅުކުރަންވެސް ޖެހޭނެކަމަށް އިޔާޒު ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top