ނިއު ނޯމަލްގައި ކިޔަވައިދޭނީ 4ދުވަހު ދުވާލަކު 4ގަޑިއިރު.

DSCN9865.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު..އީވީ ފައިލް

ނިއު ނޯމަލްގައި ސްކޫލްތަކުގައި ކިޔަވައިދޭނީ ހަފްތާއަކު ހަތަރު ދުވަހު، ދުވާލަކު ހަތަރު ގަޑިއިރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވާ ގޮތުން ސްކޫލަށް ދަރިވަރުން ހާޒިރުވާން ޖެހޭނީ ހަފްތާއަކު ހަތަރު ދުވަހުއެވެ. ފަސްވަނަ ދުވަހަކީ ޓީޗަރުން ސްކޫލަށް ގޮސް، ކިޔަވައިދޭނެ ބައިތައް ހަމަޖައްސާ ދުވަހެވެ.

ސްކޫލުތައް އަލުން ހުޅުވާލުން ބަހާލާފައި ވަނީ ތިން ކެޓެގަރީއަކަށެވެ.

އެގޮތުން ފުރަތަމަ ކެޓެގަރީގައި ލޮކްޑައުންގައި ހިމެނޭ ރަށްރަށުގެ ހުރިހާ ސްކޫލެއް ވެސް ބަންދުވާނެއެވެ. އަދި މޮނީޓަރިން ހާލަތުގައި ހުރި ރަށްތަކުގައި ކިޔަވައިދޭނީ ހަމައެކަނި ކީ ސްޓޭޖް ހަތަރެއް (ގްރޭޑު 9، 10) އަދި ކީ ސްޓޭޖް ފަހެއް (ގްރޭޑް 11، 12)ގެ ދަރިވަރުންނަށެވެ. އަދި އެއްވެސް ކޭސްއެއް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑްތަކުގެ ކިޔެވުން ވެސް ހުޅުވާލާނެ އެވެ.

ކިޔަވައިދޭ އުސޫލަށް މި ގެނައި ބަދަލުތަކާއެކު ކޮންމެ ދުވަހަކު ވެސް ގިނަވެގެން ކިޔަވައިދެވޭނީ ހަތަރު މާއްދާ އެވެ. ސްކޫލްގައި ކިޔަވައި ނުދެވޭ ބައިތައް ފުރިހަމަކުރަން ޖެހޭނީ ގޫގުލް ކްލާސްރޫމް މެދުވެރިކޮށެވެ.

ކިޔެވުން ބަހާލާފައިވާ ގޮތަކީ

  • ކީސްޓޭޖް 1 (ގްރޭޑް 1، 2، 3) އަދި ކީ ސްޓޭޖް 2 (ގްރޭޑް 4، 5، 6): ހަފްތާއަކު 19 ޕީރިއަޑް، ހަފްތާއަކު ފަސް ޓެލިކިލާސް ސެޝަން އެވެ.
  • ކީ ސްޓޭޖް 3 (ގްރޭޑް 7، 8): ހަފްތާއަކު 18 ޕީރިއަޑް
  • ކީ ސްޓޭޖް 4 (ގްރޭޑް 9، 10): ކޮންމެ މާއްދާއަކަށް ވެސް ޖުމުލަ 180 ގަޑިއިރު ފުރިހަމަކުރަން ޖެހޭ، ހަފްތާއަކު ދެ ޓެލިކިލާސް ސެޝަން
  • ކީ ސްޓޭޖް 5 (ގްރޭޑް 11، 12): ދެ އަހަރުގެ ތެރޭގައި ކޮންމެ މާއްދާއަކަށް ޖުމުލަ 230 ގަޑިއިރު ފުރިހަމަކުރަން ޖެހޭ، ހަފްތާއަކު ދެ ޓެލިކިލާސް ސެޝަން
  • މީގެ އިތުރުން ޚާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދެވޭނެ ކަންކަން ހަމަޖެއްސުމަށާ ހުރިހާ ދަރިވަރުން ވެސް ޓެލިކިލާހާއި އޮންލައިންކޮށް ބާއްވާ ކްލާސްތަކުގައި ބައިވެރިވާން ޖެހޭނެކަމަށް އަންގާފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top