ސަމާލް! ކުޑަކުދިން ހައްލުވައިގެން ޖިންސީ ކަންކަމުގައި ޝާމިލް ކުރަމުން އެބަދޭ- މިނިސްޓަރު އައިޝާ

l_2020_04_21_035335_9jfbiptrzg7sewhv8o2kldmc6n14a3y5uxq_EN_.jpg

ޖެންޑަރރ މިނިސްޓަރު ޑރ.އައިޝަތު މުހައްމަދު ދީދީ --ފޮޓޯ ؛ސަން .އެމްވީ

ކުޑަކުދިން ހައްލުވައިގެން އެކުދިން ޖިންސީ ކަންކަމުގައި ޝާމިލް ކުރުމުގެ ސަގާފަތް ރާއްޖޭގައި ވެސް ހިނގަމުން އަންނަ ކަމަށް ޖެންޑަރ މިނިސްޓަރ ޑރ.އައިޝަތު މުހައްމަދު ދީދީ ވިދާޅު ވެއްޖެއެވެ.

ޑރ.އައިޝާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޓަނެޓް މެދުވެރިކޮށް، ކުޑަކުދިން ގްރޫމްކުރުން ނުވަތަ ހައްުލުވައިގެން ރާއްޖޭގައި ހިނގަމުން އަންނަ ކަމަށާއި އެކަމަށް ބެލެނިވެރިން ސަމާލުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ހަމައެއާއެކު ޝައްކުވާ ކަހަލަ އެއްވެސް ކަމެއް ހިނގާނަމަ، ފުލުހުންނަށް އެކަން ރިޕޯޓުކުރުމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެހެން ނޫނީ “މައުސޫމް ކުދިންތަކެއް މި ދަލުގައި ޖެހިދާނެ،” ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޑރ.އައިޝާ މިފަދަ ޓްވީޓެއް ކޮށްފައިމި ވަނީ މިދިޔަ ބުދަ ދުވަހުގެރޭ މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި 11 އަހަރުގެ ކުއްޖާ ރޭޕް ކޮށްފައިވަނިކޮށް ކަން ފާހަގަ ކުރެވެއެވެ.

ފުލުހުން ބުނެފައިވަނީ 11 އަހަރުގެ އެ ކުއްޖާ ރޭޕްކޮށްފައި ވަނީ ގުރޫމް ކުރުމަށްފަހު ކަމަށް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ކުޑަ ކުއްޖަކު ގްރޫމް ކުރުމަކީ ޖިންސީ އަމަލެއް އެ ކުއްޖާއާމެދު ހިންގުމަށްޓަކައި އެ ކުއްޖާއަށް ފައިސާ ނުވަތަ އެ ނޫން ވެސް މާއްދީ އެއްޗެއް ދީގެން އެ ކުއްޖާއާ ޖަޒުބާތީ ގުޅުމެއް ގާއިމްކޮށް، ކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރުންކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީ (38އ) ކަމަށް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

ކުރިމިނަލް ކޯޓުން މިހާރު ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިފައެވެ.

މިދިޔަ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު އަމަލުކުރަން ފެށި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމަކީ ކުށެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

މީގެ ތެރޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިޔަކު ނުވަތަ އެކުއްޖާގެ ބެލުން ހަވާލު ވެފައިވާ މީހަކު ގްރޫމްކުރުން ވެސް ހިމެނެ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ވެސް ވަނީ އުމުރުން 16 އަހަރު ނުވާ ކުއްޖެއްގެ އާއިލާ އަށް އޮޅުވާލައިގެން ރަށަކުން މާލެ ގެނެސް ގެސްޓް ހައުސްއެއްގައި ރޭޕްކުރި މައްސަލައެއް ފެންމަތިވެފައެވެ. މި މައްސަލައިގައި ވެސް 24 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top