މަސްތުވާ ތަކެއްޗާއެކު ދަރަވަންދޫން އަންހެނަކު ހައްޔަރު ކޮށްފި

big_5RWBed1dvMimbTtJ1V5hQhoDp.jpg

މަސްތުވާ ތަކެއްޗާއެކު ބ.ދަރަވަންދޫން އަންހެނަކު ހައްޔަރު ކޮށްފި އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދަރަވަންދޫ ޕޮލިސް ޑެސްކާއި އޭދަފުށީ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދަރަވަންދޫ އިން ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ދިވެހި އަންހެނަކު ކަމަށް ފުލުހުން ބުނެ އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަންގައި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށް، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި ރަބަރު ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top