އޭދަފުށިން ގޯތިދޫކުރުން: ކައުންސިލްގެ ވާހަކަ ހައުސިން މިނިސްޓްރީން ދޮގުކޮށްފި

large_154616433119pT4R.jpg

ހައުސިންގް މިނިސްޓަރ އާތިފާ ނޫސްވެރިންގެ ބައްދަލުވުމުގައި. އޭދަފުށީ ކައުންސިލްގެ ތުހުމަތުތައް ހައުސިން މިނިސްޓްރީން ވަނީ ދޮގުކޮށްފައި / ފޮޓޯ: ސަން އޮންލައިން

އޭދަފުށީ ހިއްކިބިމުން ގޯތިދޫކުރަން އިއުލާނު ކުރުން ލަސްވަމުންދަނީ މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓްގެ ސަބަބުން ކަމަށް އޭދަފުށީ ކައުންސިލުން ބުނި ބުނުން ހައުސިން މިނިސްޓްރީން ދޮގުކޮށްފިއެވެ.

ހައުސިންގް މިނިސްޓްރީން މިކަން ދޮގުކުރީ އެމިނިސްޓްރީގެ ކޮމިޔުނިކޭޝަން ޑިރެކްޓަރ ފާތުމަތު މުސްތަފާ މިއަދު އީވީއާ ވާހަކަދައްކަވަމުންނެވެ. ފާތުމަތު މުސްތަފާ ވިދާޅުވީ ގޯތިދޫކުރަން އިއުލާނު ކުރުން ލަސްވަމުންދަނީ އެމިނިސްޓްރީގެ ސަބަބުން ކަމަށް ނުދެކޭ ކަމަށާ، ކައުންސިލުން އެދޭ ކަންކަމުގައި މިނިސްޓްރީން ލަސްކުރަމުން ނުދާކަމަށެވެ.

“އަޅުގަނޑުމެން އޭދަފުށީ ކައުންސިލްގެ ވާހަކަ ދޮގުކުރަން. ކައުންސިލުން ފޮނުވާ ލިޔެކިއުމަށް ގަވާއިދުން ވީ އެންމެ އަވަހަކަށް ޖަވާބު ދެވެމުން ދޭ. އެހެންވީމާ އޭދަފުށީ ކައުންސިލުން ދައްކާ ވާހަކައަކީ ހަމަޖެހޭ ވާހަކައެއް ކަމަކަށް މިނިސްޓްރީން ނުދެކޭ” ފާތުމަތު ވިދާޅުވިއެވެ.

އޭދަފުށީ ކައުންސިލްގެ ނައިބު ރައީސް ހައްވާ ސަމީހާ އީވީއަށް މައުލޫމާތު ދެއްވަމުން އިއްޔެ ވިދާޅުވީ ވިލަރެސް ކޮމެޓީއާ، ކައުންސިލުން މަސައްކަތް އަވަސްކުރަން ބޭނުންވިޔަސް ހައުސިން މިނިސްޓްރީން “ޑިލޭތަކެއް” ވަމުން އަންނާތީ، މިމައްސަލަ ބުރެކި ޖެހިފައިވާކަމަށެވެ.

ހައްވަ ވިދާޅުވީ ގޯތި ދޫކުރުން ލަސްކުރަން ކައުންސިލުން ބޭނުން ނުވާކަމަށާ، މިފަހަރު އިއުލާނު ކުރާނީ އިދާރީ ގޮތުން އިތުރު މައްސަލައެއް ކުރިމަތި ނުވާ ވަރަށް ކަންކަން ފުރިހަމަކޮށްގެން ކަމަށެވެ.

ދިރިއުޅުމަށް ބަންޑާރަ ގޯތީގެ ގޮތުގައި އޭދަފުށީގެ ހިއްކިބިމުން 1400 އަކަފޫޓުގެ 158 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމަވާފައެވެ.

ބިން ފުރި ތޮއްޖެހިފައިވާ އޭދަފުށީގެ ފަޅުހިއްކައި ރަށުގެ ބޮޑުމިން 31 ހެކްޓަރުން 56 ހެކްޓަރަށް ބޮޑުކުރީ 2014 ވަނައަހަރު ރައީސް ޔާމީންގެ ސަރުކާރުންނެވެ. އެ ބިމުގައި 100 ހައުސިންގް ޔުނިޓް އެޅުމަށް ފާއިތުވެ ދިޔަ ދެއަހަރު ބަޖެޓްވެސް ކުރިއެވެ. އެހެން ނަމަވެސް އިތުރު މަރުހަލާ އަކަށް އެމަސައްކަތް ވެސް ގޮސްފައެއް ނުވެ އެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top