އަތޮޅު ބަށި މުބާރާތް މިއަހަރު ކެންސަލް

DSCN1299.jpg

އަތޮޅު ކައުންސިލްގެ 2016ވަނަ އަހަރުގެ ބަށި މުބާރާތުގެ ތެރެއިން- އީވީ ފައިލް ފޮޓޯ

ބ.އަތޮޅު ރަށްތަކަށް ހުޅުވާލައިގެން ބ.އަތޮޅު ކައުންސިލްގެ ފަރާތުން ބާއްވަމުން އަންނަ ބަށި މުބާރާތަށް މިއަހަރު ނުބާއްވާގޮތަށް އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

މި މުބާރާތް ނުބާއްވާ ގޮތަށް ނިންމީ މިކަމަށް އަތޮޅުގެ ރަށްތަކުން ލިބުނު ތަރުހީބު ކުޑަކަމުންކަމުގައި އީވީއަށް މައުލޫމާތު ލިބިފައިވެއެވެ.

މީގެ ތިން އަހަރު ކުރިން ފެށިގެން ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއާ ދިމާކޮށް ބާއްވަމުން އަންނަ ބަށި މުބާރާތަކީ އަތޮޅުގެ ރަށްތަކުން ވަރަށް ޝައުގުވެރިކަމާ ފޯރިއާ އެކު ބާއްވަމުން އަންނަ މުބާރާތެކެވެ. ނަމަވެސް މި ފަހަރު ތަރުހީބު ނުލިބުނު ސަބަބެއް ކައުންސިލުންވެސް ހާމަކޮށްފައެއް ނުވެއެވެ.

އަތޮޅު ކައުންސިލްގެ ފަރާތުން އަތޮޅުފެންވަރުގައި ބަށި މުބާރާތެއް ބޭއްވުމަށް އޭރު ނިންމާފައިވަނީ ބަށި ތަރައްގީކޮށް މުބާރާތްތަކުގައި ވާދަ ނުކުރެވޭ އަންހެން ކަނބަލުންތަކަށް އެ ފުރުސަތު ހޯދައިދިނުމުގެގޮތުން ކަމަށް ކައުންސިލުން ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top