އައިޑީކާޑު ނެތަސް މިދުވަސްވަރު އާސަންދަ ލިބޭނެ.

aasandha.jpg

އައިޑީކާޑު އަތުގައި ނެތިއްޖެ ހާލަތެއްގައި ލައިސަންސް ކާޑާއި ޕާސްޕޯޓު ފަދަ އައިޑީކާޑު ނަންބަރު ފެންނަން އޮންނަ ކޮންމެ ލިއުމެއްް ހުށަހެޅިޔަސް އާސަންދައިގެ ހިދުމަތް ލިބޭނެކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

ކޮވިޑް-19އާ ގުޅިގެން މި ދުވަސްވަރު ސަރުކާރުގެ އޮފީސްތައް ބަންދު ކޮށްފައިވާތީ އައިޑީ ކާޑު ހެއްދުމުގެ ހިދުމަތްވެސް ވަނީ މެދުކަނޑާލާފަ އެވެ.

“ކޮވިޑް19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، އާސަންދަ ހިދުމަތްދޭ ހުރިހާ މަރުކަޒަކުންވެސް، ބަލި މީހާގެ އައިޑީކާޑު އަތުގައި ނެތިއްޖެ ހާލަތެއްގައި، އައިޑީ ކާޑުގެ ކޮޕީ ނުވަތަ ލައިސަންސް ކާޑާއި ޕާސްޕޯޓު ފަދަ އައިޑީކާޑު ނަންބަރު ފެންނަން އޮންނަ ލިޔުމެއް ނުވަތަ އެފަދަ ލިޔުމެއްގެ ފޮޓޯ ހުށަހަޅައިގެން، އާސަންދަ ޕޯޓަލްއިން ޗެކްކޮށް ވެރިފައި ކުރުމަށްފަހު އާސަންދަ ހިދުމަތް އެމީހަކަށް ލިބިދެވޭނެ އިންތިޒާމް އާސަންދަ ކުންފުނިން ހަމަޖައްސާފައިވާ ވާހަކަ ދަންނަވަން” އާސަންދައިން ބުންޏެވެ.

އާސަންދަ ކުންފުނިން މިގޮތަށް ނިންމާފައި މިވަނީ، އައިޑީ ކާޑު މެދުވެރިކޮށް ހިދުމަތް ދޭ ހުރިހާ ފަރާތްތަކުން ވެސް މިގޮތަށް އަމަލު ކުރުމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން އެދިފައިވަނިކޮށެވެ.

މިގޮތަށް ހިދުމަތް ދޭނީ ޖޫން 30ގެ ނިޔަލަށް ކަމަށް ވެސް ޑީއެންއާރުން ބުނެފައި ވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top