ޓީވީ މެދުވެރިކޮށް ހުރިހާ ގްރޭޑަކަށް ކިޔަވައިދޭން ފަށަނީ

DSCN6889-1.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް--އީވީ ފައިލް ފޮޓޯ

ހުރިހާ ގްރޭޑަކަށްވެސް މި ހަފްތާގައި ޓީވީ ޗެނަލްތައް މެދުވެރިކޮށް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން، ބައެއް މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ފައުންޑޭޝަނުން ފަށައިގެން ގްރޭޑް 8 އާ ހަމައަށް އެކި ޗެނަލްތަކުން ފިލާވަޅުތައް ދައްކައި ކިޔަވައިދޭނެ އެވެ. އެގޮތުން ކިންޑާގާޑަންގެ ދަރިވަރުންނަށް ކިޔަވައިދޭނީ ކުޅިވަރު ހިމެނޭ ހަރަކާތްތަކެއް ކަމަށާއި ނަމަވެސް އެ ފިލާވަޅުތައް ދައްކާނެ ޗެނަލެއް އަދި ނުނިންމާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ފައިނަލް ވުމުން އިއުލާނު ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ ކީ ސްޓޭޖު އެކެއް އަދި ދޭއް (ގުރޭޑް 1-6)ގެ ދަރިވަރުންގެ ފިލާވަޅުތައް ހާއްސަކުރާނީ ލިޓްރަސީ އާއި ނިއުމަރަސީއަށް ކަމަށެވެ. އަދި ކޮންމެ ކީ ސްޓޭޖަކަށް، މުންނާރު ޗެނަލް މެދުވެރިކޮށް ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން 06:00 އަށް ފިލާވަޅުތައް ދައްކާނެ އެވެ.

“އަޅުގަނޑުމެން މިދަނީ މިހަފްތާގައި ކުލާސްތައް ބޭއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. ޓީވީ މެދުވެރިކޮށް ކުލާސްތަކުގައި ބައިވެރި ނުވެވޭ ކުދިން ބަލައި އެކަންކަން ވެސް ހައްލު ކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން، އަދި ކުލާސްތައް ފަހުން ބެލޭނެ ފަދަ އިންތިޒާމެއް ވެސް ހަމަޖެހޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ،” އިހުސާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ގުރޭޑް ހަތެއް އަދި އަށެއްގައި ކިޔަވާ ދަރިވަރުންގެ ފިލާވަޅުތައް ދައްކަން ހަމަޖައްސާފައިވަނީ ދިވެހި ޗެނަލުން ކަމަށާއި ނަމަވެސް އެ ގްރޭޑުތަކުން ދައްކާނީ ވަކި ހާއްސަ މާއްދާތަކެއް ކަމަށެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް 19ގެ ސަބަބުން ސްކޫލުތައް ބަންދުކޮށްފައިވާ މުއްދަތު ދިގުލައިގެން ދާތީ އެޑިއުކޭޝަނުން ވަނީ މިދިޔަ ހަފްތާގައި ގުރޭޑް 9 އަކުން ފެށިގެން ގުރޭޑް 12ގެ ދަރިވަރުންނަށް ޓެލިކިލާސް މެދުވެރިކޮށް ކިޔަވައިދޭން ފަށައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top