އެމްޑީޕީގެ ވިސްނުން ހުރީ ދައުރު ހަމަވުމުން ރައީސް އައްޔަން ކުރާމީހަކު ރަށް ހިންގާގޮތަށް.

b_HhmmV33ZKgTvYmvAQRGZ6USEs.jpeg

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --ފޮޓޯ :މަޖިލިސް އިދާރާ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19، ރާއްޖެއިން ވެސް ފެނި، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން މި އަހަރު ބާއްވަން ޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސް ކުރަން ޖެހިފަ އެވެ.

ގާނޫނުގައި އޮތް އެންމެ ލަސް ތާރީހަށް މިހާރު އިންތިހާބު ފަސްކޮށްފައިވާއިރު، އިތުރަށް ފަސް ކުރަން ބޭނުންވާ ހާއްސަ ގާނޫނުގެ ބިލާއި މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލެއް މަޖިލީހަށް ވަނީ ފޮނުވާފަ އެވެ.

ނަމަވެސް މިހާރު އޮތް ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން އަދި ދައުރު ދިގު ކުރަންވެސް އެޕާޓީގެ ބައެއް މެންބަރުން ދެކޮޅުއިރު އެ މެންބަރުން ތާއީދު ކުރައްވަނީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން ރައީސްއައްޔަން ކުރާ ބަޔަކު ކައުންސިލުތަކުގައި ތިބުމަށެވެ. އެކަމަކު ކައުންސިލަރުން އައްޔަން ކުރުމަށް އެމްޑީޕީގެ ބައެއް އެހެން މެންބަރުން ދެކޮޅެވެ.

އެ އިސްލާހަށް ބަހުސް ކުރެއްވި އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވީ ގާނޫނު އަސާސީ ބަދަލު ގެނެސްގެން ކައުންސިލަރުންގެ ދައުރު ދިގު ކުރުމުން މިހާރު ތިބި ކައުންސިލަރުންނަކީ އިންތިހާބީ ބަޔަކަށް ނުވާނެ ކަމަށެވެ. ކައުންސިލަރުންގެ އިންތހާބީ ދައުރު ދިގުކުރުމަކީ ޑިމޮކްރެޓިކް ގޮތެއް ނޫން ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ. އޭގެ ސަބަބުން އަންނަ ނަތީޖާ ގޯސްވެ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކައުންސިލަރުންގެ ދައުރު ދިގު ކުރުމަކީ މައްސަލައިގެ ހައްލު ނޫންކަމަށް ވިދާޅުވި އެވެ.

“މި މައްސަލާގައި އަޅުގަނޑުމެން ހައްލެއް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހޯދައި ދޭނަން. ރައީސުލްޖުމްހޫރިއްޔާ [އިބްރާހިމް މުހައްމަދު ސޯލިހް އަދި ރާއްޖޭގެ އެއްވެސް ރައްޔިތަކު މި ކަމުގައި ކަންބޮޑުވެގެން އުޅޭނެ ކަމެއް ނެތް، މި ބަހުސް މި ކުރީ ވަމުންދާ ގޮތް އޮޅުން ފިލުވަން، އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރެވިއްޖެ،” މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

މި މައްސަލައާ ގުޅޭ ގޮތެއް ނިންމުމަށް މިއަދުގެ ޖަލްސާގައި ވެސް ވޯޓަކަށް ނާހަ އެވެ. އަދި މަޖިލީހުން ގެންނާނެ ހައްލަކާ ގުޅޭ ގޮތުން ވަކި ގޮތެއް ނުނިންމަ އެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް އޮތް އިރު، ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުންގެ ހިޔާލުތައް ހުރީ ދެކަފި ވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top